އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމަޟާން މަހަށް މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމާއި މަސައްކަތް ހިލޭ ސާބަހަށް ކޮށްދެން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލުމާއި ބެހޭ:

1444 ވަނަ އަހަރުގެ ރަމަޟާން މަހަށް މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމާއި މަސައްކަތް ހިލޭ ސާބަހަށް ކޮށްދެން ބޭނުންވާ ފަރާތަތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

 

މަސްޖިދުލް ފުރްޤާންގައި ކުރަންހުރި މަރާމާތުތަކާއި ބޭނުންވާ ތަކެތި:

  1. ކަރަންޓު ވަޔަރު މައްސަލަ ހައްލުކުރުން (ބައެއް ފަންކާ އަދި ބައެއް ލައިޓް)
  2. ޕާޓިޝަން މަރާމާތުކުރުން
  3. ފާހަނައިގައި ލަކުޑި ދޮރާއި ދޮރުފަތް ހަރުކުރުން
  4. ފުރާޅުން މިސްކިތަށް ފެން ލީކުވުން ހައްލުކުރުން
  5. ވުޟޫ ކުރާ ބަޔާ މިސްކިތާ ދޭތެރޭ ހިޔާ ކުރުން

 

މަސްޖިދުލް ތަޤްވާގައި ކުރަންހުރި މަރާމާތުތަކާއި ބޭނުންވާ ތަކެތި:

  1. ގޯތިތެރޭގައި ކޮންކްރީޓް ތަޅުމެއް އެޅުން
  2. ގޯތިތެރޭގައި ގްރެނައިޓް ޖެހުން
  3. ކަރަންޓު މައްސަލަ ހައްލުކުރުން
  4. އެމްޕްލިފަޔަރ ލުމަށް ކަބަޑެއް ބެހެއްޓުން
  5. ފާހަނައިގައި ލަކުޑި ދޮރާއި ދޮރުފަތް ހަރުކުރުން
  6. އެއާކޮންޑިޝަން ޔުނިޓްތަށް ސާވިސްކޮށް މަރާމާތު ކުރުން
  7. މިސްކިތުގެ އެތެރޭ ފާރުގެ ތިރީ ބޯޑަރު މަރާމާތު ކުރުން
  8. އިސްކޫރުބަރީގެ ފެނަވަޔަރު މަރާމާތުކުރުން
  9. ވުޟޫ ކުރާ ސަރަހައްދު މަރާމާތު ކުރުން
  10. ފައިވާން ނުތެމޭ ގޮތަކަށް ފައިވާން ބަހައްޓާ ސަރަހައްދު ހެދުން

 

މަސްޖިދުލް ޒަކަރިއްޔާ ހަމީދުގައި ކުރަންހުރި މަރާމާތުތަކާއި ބޭނުންވާ ތަކެތި:

  1. ފެންޑާގެ ކަރަންޓު ވަޔަރު މަރާމާތު  ކުރުން
  2. ބޭރު އަދި އެތެރޭގައި ނުދިއްލޭ ލައިޓްތަށް ބަދަލުކުރުން
  3. އެމްޕްލިފަޔަރ ލުމަށް ކަބަޑެއް ބެހެއްޓުން
  4. އެއާކޮންޑިޝަން ޔުނިޓްތަށް ސާވިސްކޮށް މަރާމާތު ކުރުން
  5. ފައިވާން ނުތެމޭ ގޮތަކަށް ފައިވާން ބަހައްޓާ ސަރަހައްދު ހެދުން

ވީމާ، މަތީގައި ދެންނެވިފާ ވާ ތަކެތި ހިލޭ ސާބަހަށް ފޯރުކޮށްދިނުމަށް އަދި މަރާމާތު ހިލޭ ސާބަހަށް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް ވަޑައިގެން، ނުވަތަ މި އިދާރާގެ ނަންބަރު 6660536 ފޯނަށް ނުވަތަ 9994004 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަދި ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންވެލައްވާ ފަރާތްތަކުން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ ނަންބަރު 7721700473001 (1385 Revenue 1) އެކައުންޓްއަށް ފައިސާ ޖަމާކޮށްދެއްވުމަށް ދަންނަވަމެވެ. ފައިސާ އެކައުންޓަށް ޖަމާކުރައްވާނަމަ ސްލިޕްކޮޅު މި އިދާރާގެ ނަންބަރު 7992396 އަށް ޓެލެގްރާމް ކުރެއްވުމަށް ދެންނެވީމެވެ.

02 ފެބުރުވަރީ 2023
ހޯދާ