މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ ދަތުރުތައް ކުރުމަށް ގެނެވިފައިވާ ބަސް އޮޕަރޭޓް ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ،

މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ ދަތުރުތައް ކުރުމަށް ގެނެވިފައިވާ ބަސް އޮޕަރޭޓް ކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުންވެގެން ކޮށްފައިވާ ނަންބަރު: (IUL)425-A2/1/2023/23 (26 ޖަނަވަރީ 2023) އިޢުލާނުގައި އަންދާސީހިސާބު ހުށަހެޅުމަށް ދެވިފައިވާ ތާރީޚު ތިރީގައިވާ ތާވަލާއި އެއްގޮތަށް ބަދަލު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

 

ވީމާ، މިމަސައްކަތަށް އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަހުގައި މާލޭ ސިޓީކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން ބިޑް ޑްހުށަހެޅުމަށް ދަންނަވަމެވެ.

 

އަގު ހުށަހެޅުން

09 ފެބުރުވަރީ 2023 (ބުރާސްފަތި)

11:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

      މަތީގައި ދަންނަވާފައިވާ ގަޑީގައި ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

 

  • ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. 

 

  • އިތުރު މަޢުލޫމާތު: 

-        މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން ، ހ.ހުޅުގަލި (3 ވަނަ ފަންގިފިލާ)  ފޯން: 3025487   / އީމެއިލް: [email protected]

04 ފެބުރުވަރީ 2023
ހޯދާ