ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހާއްސަ އާންމު ޖަލްސާ އަދި އިންތިހާބުގެ ނޯޓިސް

މި އެސޯސިއޭޝަންގެ ހިންގާކޮމިޓީގެ މުއްދަތު 12 މާރޗް 2023 ވަނަ ދުވަހު ހަމަވާތީވެ، ހިންގާކޮމިޓީގެ ތިރީގައި މިދަންނަވާ މަގާމްތަކަށް މެމްބަރުން އިންތިޚާބުކުރުމަށްވަނީ ހަމަޖެހިފައެވެ.

1. ރައީސް

2. ނައިބު ރައީސް

3. ޚަޒާންދާރު

4. ތިން މެމްބަރުން

      ވީމާ، މިދެންނެވި މަގާމުތަކަށް ކުރިމަތިލެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 07 ފެބްރުއަރީ 2023 ވާ އަންގާރަދުވަހުގެ 21:00ގެ ކުރިން އެކަމަށް އެދި މި އެސޯސިއޭޝަނަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. ނުވަތަ، މި އެސޯސިއޭޝަންގެ އީ-މެއިލް  [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ހިންގާކޮމިޓީ އަށް މެމްބަރުން ހޮވުމަށް ބާއްވާ ޚާއްސަ އާންމު ޖަލްސާ 11 ފެބުރުއަރީ 2023 ވާ ހޮނިހިރު ދުވަހުގެ ރޭ 20:30 މި އެސޯސިއޭޝަންގެ ހޯލުގައި އޮންނާނެއެވެ. ޖަލްސާގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މެމްބަރުންގެ ލިސްޓެއް މާލެ ކެރަމް ހޯލުގައި އަދި ހުޅުމާލެ ކެރަމް އެރީނާގައި ބެހެއްޓިފައި ވާނެއެވެ. ވޯޓުލުމުގެ ހައްގުލިބިފައިވާ މެމްބަރުންގެ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 07 ފެބްރުއަރީ 2023 ގެ ނިޔަލަށް ވަނީ ހުޅުވިފައެވެ. ޝަކުވާ ބަލައިގަތުން އިންތިޒާމު ހަމަޖެހިފައިވާނީ މި އެސޯސިއޭޝަންގެ އީމެއިލް އެޑްރެސް ކަމަށްވާ  [email protected] އަށް ފޮނުވައިގެންނެވެ.

 

02 ފެބުރުވަރީ 2023
ހޯދާ