ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އިދާރާ މަރާމާތުކުރުން

ކައުންސިލްގެ އިދާރާ މަރާމާތުކުރުން

           މިކައުންސިލުންދޭ މަޢުލޫމާތާއި  ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ މަރާމާތު ކުރުމުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

          ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން 2023 ފެބްރުއަރީ 09 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ ކޮންފަރެންސް ރޫމުގައި އޮންނާނެއެވެ. މިކަމަށް އެދިލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުން އޮންނާނީ 2023 ފެބްރުއަރީ 15 ވާ ބުދަ ދުވަހުގެ 13:00 ގައި މިއިދާރާގެ ކޮންފަރެންސް ރޫމުގައެވެ.

         މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާފަރާތެއްނަމަ ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

02 ފެބުރުވަރީ 2023
ހޯދާ