ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ރަތަފަންދޫގެ ބިނާވެށި ޕްލޭން (ލޭންޑްޔޫސް ޕްލޭން) ފާސްކުރުމާއި ގުޅޭ

އިޢުލާން

ގދ. ރަތަފަންދޫގެ ބިނާވެށި ޕްލޭން (ލޭންޑްޔޫސް ޕްލޭން) ފާސްކުރުމާއި ގުޅޭ

[ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގަވާއިދު] ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ބެލުމަށްފަހު އަދި ގާނޫނު ނަންބަރު 2010/07 (ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 9 ވަނަ އިސްލާހުގައި ބަޔާންކޮށްފައިވާ ބައިތައް ހިމެނޭގޮތަށް ގދ. ރަތަފަންދޫ (ރަތަފަންދޫ ކައުންސިލްގެ އިޙްތިސާސްގެ ތެރޭގައި ހިމެނޭ ގދ. ކެރެއްދޫ، ގދ. ދޯނިގިއްލާ، ގދ. ދެރުކުރެހާ، ގދ. ފާހުއްޓާ އަދި ގދ. މޭރަގިއްލާ) ގެ ބިން ބޭނުންކުރާނެގޮތުގެ ޕްލޭން ފާސްކޮށްދެއްވާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު 471-DNPS2/420/2023/1 (2 ފެބްރުއަރީ 2023) ސިޓީއިން މިކައުންސިލްއަށް އަންގާފައިވާ ކަމުގައި ދެންނެވީމެވެ.

 މި ޕްލޭންއަކީ ކުރިއަށް އޮތް 25 އަހަރަށް ރަތަފަންދޫގެ ބިން އެކި ކަންކަމަށް ބޭނުންކުރާނެ ގޮތުގެ ޕްލޭންއެވެ. އެހެންކަމުން މިކަން ރަތަފަންދޫގެ ރައްޔިތުންނާއި، ދަޢުލަތުގެ މުވައްސަސާތަކާއި އަދި ރަތަފަންދޫގެ ބިމުގެ ސަރަހައްދުގައި އިންވެސްޓްކުރުމަށް ޝަޢުޤުވެރިވާ ހުރިހާ ފަރާތެއްގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. މިއިޢުލާނާއެކީ މިނިސްޓްރީގެ ސިޓީ އަދި ފާސްކުރެވިފައިވާ ބިންބޭނުންކުރާނެ ގޮތުގެ ކުރެހުންތައް އެއްކަރުދާސްކުރީމެވެ.

02 ފެބުރުވަރީ 2023
ހޯދާ