ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

          

 

މަޤާމު:

މަސައްކަތު

 

މަޤާމުގެ ބާވަތް:

ވޭޖް  

ބޭނުންވާ ޢަދަދު:

01 (އެކެއް)  ފިރިހެން

 

މަސައްކަތް ކުރަންޖެހޭ އިދާރާ

ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ

މުއްދަތު:

15 ފެބުރުވަރީ 2023 ން 31 ޖެނުވަރީ 2024 ގެ ނިޔަލަށް

މުސާރަ:

-          މަސައްކަތްކުރާ ގަޑިއަކަށް -/60 ރުފިޔާ (ފަސްދޮޅަސް ރުފިޔާގެ)

-          އިތުރު ގަޑީގެ ގޮތުގައި މަސައްކަތް ކުރާނަމަ ގަޑިއަކަށް : -/30 ރުފިޔާ (ތިރީސް ރުފިޔާ)

-          ރަމަޟާން އެލަވެންސް: -/3000 ރުފިޔާ (ތިންހާސް ރުފިޔާ)

މަސައްކަތް ކުރަން ޖެހޭ ގަޑި:

ހުކުރު ، ހޮނިހިރު ފިޔަވައި ދުވާލަކު 05 ގަޑި އިރު

 

ފެންވަރު ނުވަތަ ޝަރުޠު: 

(ހ) އަސާސީ ފެންވަރަށް ލިޔަން ކިޔަން އެނގުން

(ށ) ޢުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހެއް ކަމުގައި ވުން.

(ނ) ސަރުކާރުގެ ވަޒީފާއެއްގައި އުޅޭ ފަރާތެއް ކަމުގައި ނުވުން.

މަސްއޫލިއްޔަތު:       

1.ޕާރކްތަކުގެ ވިނަ ކޮށުން (މެޝިނުން)

2.ފުޓްބޯޅަދަނޑު ސާފުކޮށް ބެލެހެއްޓުން

3.ސްޕޯރޓްސް އެރީނާ ސާފުކޮށް ބެލެހެއްޓުން

4.ކައުންސިލުން ސާފުކޮށް ބަލަހައްޓާ މަގުތަކުގެ ގަސްތަށް ކޮށުން

5.ވަޒީފާއި ގުޅުންހުރި އެހެނިހެން މަސައްކަތްތަކުގައި ކައުންސިލަށް އެއްބާރުލުން ދީ ކައުންސިލުން އެދޭ މަސައްކަތް ތަކުގައި ބައިވެރިވުން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ކައުންސިލް އިދާރާގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު އުތީމު ކައުންސިލް އިދާރާގެ    ކައުންޓަރުން ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީ.

(މީހުން ނެގުމުގައި އެއްގަމު އުޅަދުގެ ކެޓަގަރީ C4 ލައިސަންސް އޮތް ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 ފެބުރުވަރީ 12 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected]  ، އެވެ.  އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2023 ފެބުރުވަރީ 12 ވާ އާދިއްތަ ދުވަހު ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލް އިދާރާގައެވެ.

01 ފެބުރުވަރީ 2023
ހޯދާ