މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ސާރވޭއެއް ކުރުމަށް

ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު

ދަ ޕްރޮޖެކްޓް ފޮރ ދަ ފޯމިއުލޭޝަން އޮފް މަސްޓަރ ޕްލޭން ފޮރ ސަސްޓެއިނަބަލް ފިޝަރީޒް [މަސްޕްލޭން] އަކީ ޖަޕާން ސަރުކާރުގެ ފަންނީ އެހީގައި ދިވެހި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ތެރެއިން ކަނޑައެޅޭ ރާއްޖޭގެ ހަތް ރަށެއްގައި، ރަށު ފެންވަރުގައި މަޢުލޫމާތު އެއްކުރުމާއި އަދި "ސޯޝިއޯ-އިކޮނޮމިކް" ސާރވޭއެއް ކުރުމަށްވަނީ ހަމަޖެހިފައެވެ. މި ސާރވޭތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2015 ވަނަ އަހަރުގެ މާރިޗުން އެޕްރީލަށެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މިމަސައްކަތާ ގުޅޭ "ޓާރމްސް އޮފް ރިފަރެންސް" މިމިނިސްޓްރީގެ ނަންބަރު 3339271، 3339287 ފޯނާ ގުޅުއްވައިގެން ނުވަތަ [email protected] އީމެއިލް ކުރައްވައިގެން ހޯއްދެއްވުމަށް އެދެމެވެ. މި ޑޮކިއުމެންޓުގައިވާ ގޮތުގެ މަތިން ޕްރޮޕޯޒަލް ތައްޔާރުކުރައްވައި، މިމިނިސްޓްރީއަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ސުންގަޑިއަކީ 24 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 14:00 އެވެ.

26 ޞަފަރު 1436

18 ޑިސެންބަރު 2014
ހޯދާ