ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމް:

 އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އެސިސްޓެންޓް އޮފިސަރ - ގްރޭޑް 04

މުސާރަ:

 މަހަކު 4750.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: 1900.00 ރުފިޔާ

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑްއޮފީހުގައެވެ.  ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުން. ނުވަތަ،

- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 

ޑިޕާޓްމަންޓްގެ ޚަރަދު ރިޕޯރޓްތަކާއި ބަޖެޓް ރިޕޯރޓް ތައްޔާރުކުރުން.

-  ކޯޕަރޭޝަންގެ ޑޭޓާބޭސް (ޖެމްސް) އަޕްޑޭޓްކޮށް ބެލެހެއްޓުން .

-  ކޯޕަރޭޝަންގެ މުހިއްމު ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

-  ބައްދަލުވުންތައް ރާވައި އިންތިޒާމް ހަމަޖައްސައި، އެކަމަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

މީޓިންގެ އެޖެންޑާ ތައްޔާރުކޮށް، މީޓިންގެ ބައިވެރިންނަށް އެޖެންޑާ ހިއްސާކުރުން.

މީޓިންގ ތަކުގައި ދެކެވޭ މުހިއްމު ވާހަކަ ނޯޓްކޮށް މީޓިން މިނެޓްސް ލިޔެ ބެލެހެއްޓުން.

ޑީވިޜަންގެ މީޓިންގްސް ތަކުގެ ރިކޯޑް ބެލެހެއްޓުން.

-  އޮފީހަށް އަންނަ ލިޔެކިޔުންތަކާއި، އީމެއިލް އަދި ޕެކޭޖް ފަދަ ތަކެތި ރައްދުވާންޖެހޭ ފަރާތްތަކަށް ރައްދުކޮށްދިނުން.

ލިބޭ ޑޭޓާތަކުގެ މައްޗަށް ބިނާކޮށް ރިޕޯރޓާއި ޕްރެސެންޓޭޝަންސް ހެދުން.

ކުރަންޖެހޭ ދަތުރުތައް ހަމަޖައްސައި ބެލެހެއްޓުމާއެކު ދަތުރުތަކުގައި ބައިވެރިވުން.

ޑިޕާޓްމެންޓަށް ބޭނުންވާ މަރާމާތުތައް ކުރުމަށް މީހުން ހޯދުމާއި ހަލާކުވެފައިވާ އިކިއުޕްމެންޓްތައް ރިޕްލޭސް ކުރުން.

ކޯޕަރޭޝަންގެ ޚާއްސަ ދުވަސްތައް ކުރިޔަށް ގެންދިޔުމުގައި ޝާމިލްވެ އުޅުމާއި، އިވެންޓްތައް ރާވައި ހިންގާ ބަލަހައްޓަން ޖެހިއްޖެނަމަ އެކަން ކުރުން.

ސުންގަޑި:

މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 06 ފެބްރުއަރީ 2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  6. ދޫކުރި ފަހުން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

-  އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

-  މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

-  މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ފެބްރުއަރީ މަހުގެ ތާރީޚެއްގައިއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

01 ފެބުރުވަރީ 2023
ހޯދާ