މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އިކޮނޮމިސްޓް

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް، ކ. މާލެ

މުސާރަ:

މަހަކު 19,800 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 11,340 ރުފިޔާ

އެހެނިހެން އެލަވަންސް:

-          އިކޮނޮމިސްޓް މަޤާމުގެ ޙާޞިރީ އިނާޔަތަކީ -/307 ރުފިޔާއެވެ. މި އެލަވަންސަކީ ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފު އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް ދެވޭނެ އެލަވަންސެކެވެ. އޮފީހަށް ޙާޟިރުވުމުގެ ތެރޭގައި ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފު ފިޒިކަލީ މަސައްކަތަށް ޙާޟިރުވުމާއި، ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން އޮންލައިންކޮށް މަސއްކަތް ކުރަންޖެހޭ ހާލަތްތަކުގައި އެ އިދާރާއެއްގައި ހަމަޖެހިފައިވާ އުޞޫލުން ސައިން-އިން ވެގެން ޙާޟިރުވާ ޙާޟިރުވުން ވެސް ހިމެނޭނެއެވެ. އަދި ރަސްމީ މަސައްކަތު ދުވަސްތަކުގެތެރޭގައި ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރަށް ކުރަންޖެހޭ ރަސްމީ ދަތުރުތަކުގެ ދުވަސްތައް ވެސް އޮފީހަށް ޙާޟިރުވާ ދުވަސްތަކުގެ ތެރޭގައި ހިމެނޭނެއެވެ.

-          ހަމަޖެހިފައިވާ އުޞޫލުން އިތު ރުގަޑީގެ ފައިސާ މުސާރައިގެ އަށް ވުރެން ބޮޑު ނުވާ ގޮތަށް ދެވޭނެއެވެ.

-          ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ.

-          ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1.  ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގެ މިސްރާބު ކަނޑައަޅުމަށް މިނިސްޓަރ އަށް އެހީތެރިވެދިނުން.
  2. ތަރައްޤީގެ ޤައުމީ ޕްލޭންތަކަށް ރިޢާޔަތްކޮށް، ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލްކުރުމަށްޓަކައި ނިންމަންޖެހޭ ނިންމުންތައް ކަނޑައަޅައި، އެ ސިޔާސަތުތައް ކަނޑައެޅުމަށްޓަކައި ބޭނުންވާ ދިރާސާއާއި، ޑޭޓާ އެނަލިސިސް ހެދުން.
  3. އިކޮނޮމިކް ފޯކާސްޓިންގ އަދި އިކޮނޮމިކް އެނަލިސިސް އެކުލަވާލުމުގެ މަސައްކަތް ކުރުމަށާއި ފިސްކަލް ޕޮލިސީތައް ވިލަރެސްކޮށް ތަފާތު ދާއިރާތަކުގެ އިކޮނޮމިކް އިވެލުއޭޝަންތައް ހެދުން. 
  4. އިކޮނޮމިކް އެނަލިސިސްތަކުގެ އަލީގައި ދައުލަތުގެ މާލީ ސިޔާސަތު ކަނޑައެޅުމަށް އެހީތެރިވުމަށާއި، އިޤްތިޞާދީ ސްޓްރެޓެޖީތަކާއި އުސޫލުތައް އެކުލަވާލައި އެކަންތައްތައް ތަންފިޒުކުރަމުންދާގޮތް މޮނިޓަރ ކުރުން.
  5. އިޤްތިސާދީ އަންދާޒާތައް ހެދުމާއި އިޤްތިސާދީ ހިސާބުތައް ބެލެހެއްޓުން
  6. އިޤްތިސާދީ މައިގަނޑު އިންޑިކޭޓަރސްތަކުގެ ފޯކާސްޓްތައް ތައްޔާރުކުރުމާއި އިކޮމިކް އިންޑިކޭޓަރސްތައް މެއިންޓެއިން ކުރުން
  7. ރާއްޖޭގެ އިޤްތިޞާދަށް އަންނާނެ ބަދަލުތަކުގެ ފޯކާސްޓް ތައްޔަރުކުރުމާއި މޮނިޓަރ ކުރުން
  8. ނޭޝަނަލް މެކްރޮ އިކޮނޮމިކް ޕޮލިސީސް އަދި ފައިނޭންޝަލް ޕޮލިސީސްތައް ބަލައި މިފަދަ ޕޮލިސީތައް އެކުލަވާލުމުގެ މަސައްކަތްތައް ކުރުން.
  9. މެކްރޯ އިކޮނޮމިކް ފްރޭމްވަރކް ޑެވެލޮޕްމަންޓުގެ މަސައްކަތް ކުރުމާއި އަދި އެކަމާ ގުޅޭ ކަންކަން ކުރުން
  10. ޤައުމީ ތަރައްޤީގެ އޮނިގަނޑާ އެއްގޮތަށް އެކިއެކި ސަރަހައްދު ތަކަށް ބަހާލެވިފައިވާ މަޝްރޫޢު/ޕްރޮގްރާމްތަކަށް ފައިސާ ބަޖެޓްކުރުމަށްޓަކައި އިސްކަންދޭންވާ ކަންކަން އެހީތެރިވެދިނުން
  11. ބަޖެޓްގައި ހިމެނިފައިވާ މަޝްރޫޢު/ޕްރޮގްރާމްސް އަދި ދާއިރާތައް ހިމެނިފައިވަނީ ޤައުމީ ތަރައްޤީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތީންކަން ޔަޤީންކުރުމުގެ ގޮތުން އެކަމަށް ބޭނުންވާ އުސޫލުތައް އެކަށައެޅުމަށް އެހީތެރިވެދިނުން
  12. މަސައްކަތާއިގުޅޭ ތަޖުރިބާގެ އެހީގައި އެކި ގޮތްގޮތުން އެދާއިރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ފެންވަރު މަތިކޮށް ތަރައްޤީކުރުމަށް އެހީތެރިވުން
  13. އެކި ޓެކްނީކްތައް ބޭނުންކޮށްގެން ލިބިފައިވާ ނޮލެޖް ހިއްސާކުރުން
  14. އިކޮނޮމިކް އެނަލިސިސްތަކުގެ މަސައްކަތުގައި ޝާމިލުވާ އެންމެހާ މުވައްޒަފުންނަށް ބޭނުންވާނެ ފަންނީ ތަމްރީން އާއި ތަޖުރިބާ ހޯދާދިނުމަށް އެހީތެރިވެދިނުން
  15. އިކޮނޮމިކް އެނަލިސިސްތަކުގެ މަސައްކަތުގެ ފަންނީ މިންގަނޑުތަކުގެ ފެންވަރު ހިފެހެއްޓުމަށް ބޭނުންކުރެވޭނޭ އިކޮނޮމިކް މެނުއަލްތަކާއި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުން
  16. މަސައްކަތު މާޙައުލުގައި ލިބޭ މަޢުލޫމާތުތަކުގެ ސިއްރުހިފެހެއްޓުމާއި، ސުލޫކީ މިންގަނޑުތަކާއި އެއްގޮތަށް އިޤްތިޞާދީ މަސައްކަތްތަކާއި މަސައްކަތްތަކުން ލިބޭ މަޢުލޫމާތުތައް ރައްކާތެރިކަމާއިއެކު ހިންގާ ބެލެހެއްޓުން.
  17. އޮފީހުގެ މަސައްކަތާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުތުތައް:

  1. މަގާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަގާމުގެ މަސައްކަތާ ގުޅުން ހުރި  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

 


މަޤާމުގެ ތަޢުލީމީ ރޮގުތައް:

  1. އިކޮނޮމިކްސް
  2. އެޕްލައިޑް އިކޮނޮމިކްސް
  3. ފައިނޭންޝަލް އިކޮނޮމިކްސް
  4. މަނިޓަރީ އެންޑް ފައިނޭންޝަލް އިކޮނޮމިކްސް
  5. އިކޮނޮމިކްސް އެންޑް ފައިނޭންސް
  6. އިކޮނޮމިކްސް އެންޑް ކޮމަރސް
  7. ބިޒްނަސް އިކޮނޮމިކްސް
  1. އިކޮނޮމިކްސް އެންޑް ސްޓެޓިސްޓިކްސް

 

މަޤާމުގެ މަސައްކަތުގެ ދާއިރާ:

  1. އިކޮނޮމިކްސް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓު https://www.finance.gov.mv/careers އިންނާއި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

http://www.csc.gov.mv/dv/downloads/15151

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv  އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ   ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 9 ފެބްރުއަރީ 2023 (ބުރާސްފަތި) ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މިނިސްޓްރީގެ އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ، 16 ފެބްރުއަރީ 2023 އާއި 2 މާރިޗު 2023 އާ ދެމެދު، މިނިސްޓްރީ އޮފް ފިނޭންސް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް )A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1617 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

                                 10 ރަޖަބް 1444

01 ފެބުރުވަރީ 2023
ހޯދާ