ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ރުއްތައް ކުއްޔަށް ދޫކުރުން

މިރަށު ދެކުނުފަރާތު އަތިރިމަތީގައި ހުރި ރައްޔިތުންގެ 25 ރުއް، ސިޓީލާ ނީލަމުގައި 01 ( އެކެއް ) އަހަރު ދުވަހަށް ވަރުވާއަށް ލިޔެދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އެރުއްތަކުގެ 01 ( އެކެއް ) އަހަރު ދުވަހުގެ ވަރުވާ ފެށޭ އަގަކީ 4,000.00ރ ( ހަތަރު ހާސް ރުފިޔާ ) އެވެ. ހުށަހަޅާފައިވާ އަގަށް ފަހަރަކު އިތުރުކުރެވޭނީ މަދުވެގެން 100.00ރ (އެއްސަތޭކަ ރުފިޔާ) އެވެ. ބަންދު ދުވަސްތައް ނުހިމަނާ ޖެހިޖެހިގެން 2 ދުވަހު 14:00 އަށް އެއްއަގެއް އޮވެއްޖެނަމަ، އެއަގު ހުށައެޅުއްވި ފަރާތަކަށް ރުއްތައް ވަރުވާއަށް ލިޔެދެވޭނެއެވެ. އެވަގުތަކު ހުށައެޅިފައިވާ އަގު މިއިދާރާގެ ގޯތީގެ ހުޅަނގު އިންފާރުގައި ހުންނަ ނޯޓިސްބޯޑްގައި ބަހައްޓާފައި ހުންނާނެއެވެ. 

އަދި ދަންނަވަމެވެ. ރުއްތަކުގެ ވަރުވާ ކާމިޔާބު ކުރާފަރާތަކުން ރުއްތަކާއި ޙަވާލުނުވެ ދޫކޮށްލަން ބޭނުންވި ނަމަވެސް އެފަރާތަކުން ވަރުވާ ކާމިޔާބުކުރާ އަގުގެ 1 ( އެކެއް ) މަސްދުވަހަށް ޖެހޭފައިސާ މިއިދާރާއަށް ދައްކަންޖެހޭނެއެވެ. ރުއްތަކުގެ 1 އަހަރުގެ ވަރުވާއަށްވާ ފައިސާ ދައްކަން ޖެހޭނީ އެއްފަހަރާއެވެ.     

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

31 ޖަނަވަރީ 2023
ހޯދާ