ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444ވަނަ އަހަރުގެ ރަމަޟާންމަހު ޙިފްޡުކޮށް ތަރާވީޙް ނަމާދުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

1444ވަނައަހަރުގެ ރަމަޟާންމަހު ޙިފްޡުކޮށް ތަރާވީޙް ނަމާދުކޮށްދޭނެ ފަރާތެއް ހޯދުން

1444ވަނަ އަހަރުގެ ރަމަޟާންމަހު ގދ. ރަތަފަންދޫ މަސްޖިދުލް ރަޙްމާންގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކޮށްދެއްވުމަށް  ޝައުގުވެރިވެލައްވާ  ފަރާތްތަކުން، ނުވަތަ  ރާއްޖެއިން  ބޭރުން ޙާފިޡުން ގެނެއުމުގެ މަސައްކަތް  ކޮށްދެއްވުމަށް  ޝައުޤުވެރިވެލައްވާ  ފަރާތްތަކުން، 2023 ފެބުރުއަރީ 12 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން އަގު ބަޔާންކޮށް ކޯޓޭޝަން ނުވަތަ އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.

އީމެއިލްގެ ޒަރިއްޔާއިން ކޯޓޭޝަން/ އަންދާސީ ހިސާބު ހުށަހަޅާ ނަމަ ޒިޕް ކޮށްފައިވާ ފޯލްޑާއެއްގައި އަންދާސީ ހިސާ ހިމަނުވައްވައި ސުންގަޑީގައި ޕިން/ޕާސްވޯރޑް މިކައުންސިލްއަށް އީމެއިލް ނުވަތަ މެސެޖަކުން ހިއްސާކުރުން އެދެމެވެ. ތިރީގައިވާ ކަންކަން ހަމަޖެއްސުމަކީ ޙާފިޒް ގެންނަ ފަރާތުގެ ޒިންމާއެކެވެ.

 ޙާފިޡު ގެނައުމަށް ބޭނުންވާ އެންމެހާ ހުއްދަ ހޯދުން.

  • ޙާފިޡު ރާއްޖެ ގެނައުމަށް ބޭނުންވާ ވިސާ ހަމަޖެއްސުން.
  • ޙާފިޡު ރާއްޖެ ގެނައުމާއި ރަށާހަމައަށް ގެނެސްދިނުން.
  • ޙާފިޡު މާލޭގައި މަޑުކުރައްވާ ދުވަހުގެ ހުރުމާ ކެއުން ހަމަޖެއްސެވުން.
  • ރަމަޟާން މަސް ނިމުމުން،ޙާފިޡު އަނބުރައި މާލެ ގެންގޮސް އޭނާގެ ޤައުމަށް ފޮނުވާލުން.
  • ޙާފިޡު އިންޝުއަރެންސް ކުރަންޖެހޭނަމަ އިންޝުއަރކުރުން.
  • މިކަމުގައި ޢަމަލުކުރާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ޢާއްމުކުރައްވާފައިވާ ނަންބަރު:(IUL)142-B1/142/2022/261އިޢުލާންއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ މިއިދާރާގެ ނަންބަރު 6840025 ފޯނާ ގުޅުއްވުން އެދެމެވެ. ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

31 ޖަނަވަރީ 2023
ހޯދާ