ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުލް ނިބްރާސްގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

              1444 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުލް ނިބްރާސްގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް ޕާކިސްތާން ޙާފިޡަކު ހޯދުމަށް ބޭނުންވެއެވެ.

              ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 08 ފެބުރުއަރީ 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަށްވަން ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ފޯނުނަމްބަރު: 6500035 ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި މެއިލް ކުރަށްވާނަމަ، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

 

ޙާފިޡު ގެންނަފަރާތުން ތިރީގައި މިދަންނަވާފައިވާ ކަންތައްތައް ހަމަޖައްސަވައި ދެއްވަން ވާނެއެވެ.

 

  • ޙާފިޡު ގެނައުމަށް ބޭނުންވާ އެންމެހާ ހުއްދަތައް ހޯދުން.
  • ޙާފިޡު ރާއްޖެ ގެނައުމަށް ބޭނުންވާ ވިސާ ހަމަޖެއްސުން.
  • ޙާފިޡު މާލެ ގެނައުމާއި، ރަށާއިހަމައަށް ގެނެސްދިނުން.
  • ރަމަޟާންމަސް ނިމުމުން، ޙާފިޡު އަނބުރާ ޤައުމަށް ފޮނުވައިދިނުން.
  • ޙާފިޡަށް ދޭންޖެހޭ އެލަވަންސް އެފަރާތާއި ހަވާލުކޮށްދިނުން.
  • ޙާފިޡު އިންޝްއަރެންސް ކުރަންޖެހޭނަމަ އިންޝުއަރކުރުން.

 

               މިހެންވެ މިކަން އާންމުކޮން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

31 ޖަނަވަރީ 2023
ހޯދާ