މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ކޯހުގައި ކިޔަވާނެ ދަރިވަރުން ހޯދުމަށް މުއްދަތު އިތުރުކުރުން

                                   އިޢުލާން

ކޯހުގައި ކިޔަވާނެ ދަރިވަރުން ހޯދުމަށް މުއްދަތު އިތުރުކުރުން

  މިއިންސްޓިޓިއުޓްއިން 2023 ގައި ހިންގުމަށް ހަމަޖެހިފައިވާ ޑިޕްލޮމާ އިން ސްޕޯޓްސް މެނޭޖްމަންޓް ކޯހުގައި ބައިވެރިވުމަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމުގެ ގޮތުން ކުރެވިފައިވާ މިއިންސްޓިޓިއުޓްގެ ނަންބަރު:  IUL)141-MNIS-A/141/2023/5) (03 ޖަނަވަރީ 2023) އިޢުލާނުގެ މުއްދަތު އުތުރުކޮށްފީމެވެ.

މި ކޯހުގައި ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު 03 ޖަނަވަރީ 2023 ވަނަ ދުވަހުން ފެށިގެން ޢާއްމުކޮށް ވަނީ ހުޅުވާލެވިފައެވެ. އަދި މިހާތަނަށް ކޯހަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އިތުރަށް ފޯމު ހުށަހަޅަން ނުޖެހޭނެއެވެ.

 ކޯހުގެ ނަން:ޑިޕްލޮމާ އިން ސްޕޯޓްސް މެނޭޖްމަންޓް (MQA Approved Level 5)

 މުއްދަތު:1 އަހަރު (2 ސެމިސްޓަރ)

 ކޯހުގެ ފީ: ހިލޭ

ކޯސް ފެށުމަށް ހަމަޖެހިފައިވާ ތާރީޚް: 12 ފެބްރުއަރީ 2023

ކްލާސްތައް ބޭއްވޭ ގަޑިތައް: ހަވީރު އަދި ރޭގަނޑު (އިންސްޓިޓިއުޓުން ކަނޑައަޅާ ގަޑިތަކުގައި)

 ކޯސް ހިންގާނެ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (ހ. ބޯޅަގެ) / ކ.މާލެ 

 ޖާގަ: 35

ސުންގަޑި: 02 ފެބްރުއަރީ 2023 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް

އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެ ތަން: www.youth.gov.mv

އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހޭ ތަން: އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހޭނީ ގޫގުލް ލިންކް   https://docs.google.com/forms/d/1bfMdK-QHG1WiX6Ojd5I4Rfj5jAYETcEBFVs_DoKVr8c/edit   މެދުވެރިކޮށް ނުވަތަ މިއިންސްޓިޓިއުޓްގެ އީމެއިލް [email protected] މެދުވެރިކޮށެވެ.

 ޝަރުތު:

ހ. ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުން 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރުގެ ފާހެއް އޮތުން. ނުވަތަ

ށ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސެޓްފިކެޓް ލެވެލް 4 ގެ ފާހެއް އޮތުން. ނުވަތަ

ނ. މި ޑިޕްލޮމާ ޕްރޮގްރާމަށް ފާސްކޮށްފައިވާ ލެވެލް 4 ގެ ފައުންޑޭޝަން ސްޓަޑީ ޕްރޮގްރާމެއް ހާސިލުކޮށްފައިވުން. ނުވަތަ

ރ. ލެވެލް 4 ގެ ސަނަދެއް ފުރިހަމަކޮށްފައިއޮތުން (ގުޅުން ނެތް)، އަދި އެމް.ކިޔު.އޭ އިން ފާސްކޮށްފައިވާ 'ޔުނިވަރސިޓީ ޕްރިޕެރޭޝަން ޕްރޮގްރާމެއް' ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިއޮތުން. ނުވަތަ

ބ. އުމުރުން 20 އަހަރު ފުރިފައިވުމާއެކު ސެކަންޑަރީ ސްކޫލް (ގްރޭޑް 6 – 10 އަށް) ފުރިހަމަކޮށްފައިވުމާއި ކުޅިވަރާއި ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، އަދި އެމް.ކިޔު.އޭ އިން ފާސްކޮށްފައިވާ 'ޔުނިވަރސިޓީ ޕްރިޕެރޭޝަން ޕްރޮގްރާމެއް' ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައި އޮތުން.

ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި:

- އެޕްލިކޭޝަން ފޯމް (ގޫގަލް ފޯމް މެދުވެރިކޮށް)

- ދިވެހިރައްޔިތެއްކަން އަންގައިދޭ ލިޔުން

-  ސީވީ

ތަޢުލީމީ ސެޓްފިކެޓްތަކާއި ، ދާއިރާއާއި ގުޅުންހުރި ލިޔުންތައް

ނޯޓް:

-   ކޯހުގެ ޖާގައަށްވުރެ ކުރިމަތިލާފައިވާ ފަރާތްތައް ގިނަ ނަމަ، ޝޯޓްލިސްޓް ކުރުމުގައި ދާއިރާއާއި ގުޅުންހުރި ދާއިރާތަކުގެ މަސައްކަތު ތަޖުރިބާއާއި ތަޢުލީމީ ސެޓްފިކެޓްތަކަށް ބެލެވޭނެއެވެ.

29 ޖަނަވަރީ 2023
ހޯދާ