ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ދާންދޫ ލޭންޑް ޔޫސްޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ގއ. ދާންދޫގެ  ލޭންޑް ޔޫސް ޕްލޭން ތިރީގައި ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

މިބީލަމުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށްޓަކައި 09 ފެބްރުއަރީ 2023 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާގެ ނަންބަރު 6820026 އަށް ގުޅުއްވައި ނުވަތަ މިކައުންސިލްގެ ހޮޓްލައިން 7330026 ނަންބަރުން ވައިބަރ މެދުވެރިކޮށް ބިޑްގައި ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ. ބީލަމާއި ގުޅިގެން ސާފުކުރަންޖެހޭ އިތުރު އެއްވެސް މައުލޫމާތެއް އޮޅުންފިލުވަން ބޭނުންވާނަމަ، އެފަރާތަކުން 08 ފެބްރުއަރީ 2023 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މިކައުންސިލްގެ ހޮޓްލައިން 7330026 ނަންބަރުން ވައިބަރ މެދުވެރި ކުރައްވައިގެން ނުވަތަ ކައުންސިލުގެ 6820026 ނަންބަރާއި ގުޅުއްވުން އެދެމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 19 ފެބުރުވަރީ 2023 ވާ އާދީއްތަ ދުވަހުގެ 13:30 އަށް މި އިދާރާއަށް ހާޒިރުވެ ނުވަތަ މި އިދާރާއިން ކަނޑައަޅައި އަންގާ ގޮތެއްގެ މަތިން އޮންލައިންކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ދެންނެވީމެވެ. މިގަޑީގައި ހުށައެޅޭ އަންދާސީ ހިސާބުތައް ކަނޑައި މަޢުލޫމާތު އެންޓާކޮށް އަގު ޝީޓުގައި ސޮއި ކުރުން އޮންނާނެއެވެ.  ގަޑި ޖެހުމަށްފަހު ހުށައެޅޭ އަންދާސީ ހިސާބުތަކާއި،  ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮއްފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށައަޅަންވާނެއެވެ. މި މަސައްކަތް ކުރުމަށް ގާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިނުވާ އަދި ލޭންޑް ޔޫސްޕްލޭން ހެދުމުގެ ހުއްދަ ލިބިފައިވާ ނުވާ ފަރާތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަވެސް ދެންނެވީމެވެ.

 

ލޭންޑް ޔޫސް ޕްލޭން ހެދުމާގުޅޭ މަޢުލޫމާތު:

  1. ރަށުގެ ބޮޑުމިން ހެކްޓަރުން ބުނެދޭންވާނެއެވެ.
  2. ރަށުގެ ބިން ސާވޭކޮށް އެގްޒިސްޓިން ސުކޭލް ބޭސް ޗާޓެއް (މެޕެއް) ތައްޔާރުކޮށްދިނުން.
  3. ޕާމަނަންޓް ސާވޭ ޕޮއިންޓް (PSM) ތައް ގާއިމްކުރުން. (އަދި މި ޕޮއިންޓްތައް ރަޖިސްޓްރީ ކުރުމަށްފަހު އޭގެ މައުލޫމާތު ކައުންސިލަށް ލިއުމުން ހުށަހެޅުމަށް)
  4. މި ރަށުގައި މިހާރު ހުސްކޮށް އޮތް ބިންތަކާއި އަލަށް ހިއްކާފައިވާ ބިމާއި ފަޅާއި ފަރުގެ ބޭނުންކުރަން ހުށައަޅާ ގޮތްތަކާއި، ބޭނުން ކުރާނެ ގޮތުގެ ލޭންޑް ޔޫސް ޕްލޭނާއި އަދި އަލަށް ހިއްކާފައިވާ ބިމުގެ ޑިވެލޮޕްމަންޓް ޕްލޭން ކައުންސިލްގެ މަޝްވަރާއާއެކު ތައްޔާރުކުރަން ވާނެއެވެ.
  5. މި ލޭންޑް ޔޫސްޕްލޭންގެ ދަށުން މިރަށުގައި ހުރި ގޯތިތަކާއި މަގުތަކާއި އެހެނިހެން ތަންތަނުގެ ޞައްޙަ މިންތައް ފާހަގަވެފައި އެނގެން ހުންނަންވާނެއެވެ.
  6. މުސްތަޤުބަލުގައި ރަށުގައި ޤާއިމުކުރާ މަގުތަކާއި، ޚިދުމަތްތަކާއި، ޕާކުތަކާއި، މައިޒާންތައް، ހައުސިން ބޭނުންތަކަށާއި ވިޔަފާރި އާއި އިގްތިޞާދީ، އަދި އިންޑަސްޓްރީއަލް ބޭނުމަށާއި ކުޅިވަރު ކުޅުމަށް ބޭނުންވާ ބިމާއި މިސްކިތްއެޅުމަށާއި ޞިއްޙީ އަދި ތަޢުލީމީ ދާއިރާއަށް ކަނޑައެޅޭ ބިންތައް ފާހަގަވެ އެގެންއޮނަންވާނެއެވެ. އަދި ރަށުގެ ޢާންމު ފަރުދުންނަށް ގޯތި ދޫކުރާނެ ޒޯންތަކާއި ބިމުގެ ނިސްބަތާއި އެހެން ރަށްރަށުން މީހުން އައިސް ވަޒަންވެރިވުމަށް ގޯތި ދޫކުރާނެ ނިސްބަތާއި، ފަތުތުވެރިކަމަށް ބިމާއި، ފަޅު ދޫކުރާނެ ނިސްބަތާއި ޑިޒައިން ބަޔާންކުރެވިފައި އޮންނަންވާނެއެވެ. 
  7. ރަށުގެ ޗާޓް ކުރަހަން ވާނީ އޮޓޯކޭޑް ބޭނުންކޮށްގެންނެވެ.
  8. ރަށުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލަންވާނީ، މަސައްކަތްކުރާ ފަރާތުން ރަށު ކައުންސިލާއި ރަށުގައިހުރި އެހެން އިދާރާތަކާއި، ރަށުގެ ރައްޔިތުންގެ ތެރެއިން އެކި މީހުންނާއި މަޝްވަރާކޮށް ޚިޔާލު ހޯދައިގެންނެވެ. މީގެ އިތުރުން ލޭންޑް ޔޫސް ޕްލޭން ޑްރާފްޓް ކުރުމަށްފަހު ކައުންސިލުން ކަނޑައަޅާފައިވާ ކޮމެޓީގެ ޚިޔާލު ހޯދަންވާނެއެވެ. އަދި ގެންނަންފެންނަ ބަދަލުގެ މައްޗަށް ރިއާޔަތް ކުރަންވާނެއެވެ.
  9. މި މަސައްކަތުގައި ހިމެނޭ ލޭންޑް ޔޫސް ޕްލޭން ނިންމަންވާނީ ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކަށް ރިޢާޔަތްކޮށް، ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލާއި އަދި މޯލްޑިވްސް ލޭންޑް ސާވޭ އޮތޯރިޓީއިން ގަބޫލުކުރާ ފެންވަރަށެވެ.
  10. މޯލްޑިވްސް ލޭންޑް ސާވޭ އޮތޯރިޓީން ގެންނަން ބޭނުންވާ އެއްވެސް އިސްލާހެއް އޮތްނަމަ އެކަމެއް ލޭންޑް ޔޫސް ޕްލޭނަށް ގެނެސް އެފަރާތުގެ އެޕްރޫވަލް ހޯދުމަށްފަހު ކައުންސިލަށް ހުށަހަޅަންވާނެއެވެ.
  11. ރަށުގެ ލޭންޑް ޔޫސް ޕްލޭން ހަދަންވާނީ ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭނާއި އަދި ޤާނޫނާއި ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.
  12. މި މަސައްކަތާއި ޙަވާލުވާ ފަރާތަކަށް ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލުން ފޯރުކޮށްދޭނެ ޚިދުމަތްތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

     (ހ) ރަށުގެ އިދާރާތަކާއި މަޝްވަރާކުރުމުގެ އިންތިޒާމް ހަމަޖައްސައިދީ ބައިވެރިވުން.

     (ށ) ރަށުގެ ރައްޔިތުންނާއި، ކްލަބު ޖަމުޢިއްޔާ ޖަމާޢަތްތަކާއި އަދި މުއައްސަސާތަކުގެ ޚިޔާލު ހޯދުމުގެ ބައްދަލުވުންތައް އިންތިޒާމްކޮށްދީ ބައިވެރިވުން.

     (ނ) ކައުންސިލްގެ ފަރާތުން ދަޢުލަތުގެ މުއައްސަސާތަކާއި ކުރަންޖެހޭ އެންމެހައި މުޢާމަލާތު ކުރުން.

     (ރ) މިމަޢުލޫމާތާއި ރަށުގެ ޒޯން ޕްލޭން ޗާޓެއް އެޓޭޗްކުރެވިފައިވާނެއެވެ.

  13. ލޭންޑް ޔޫސް ޕްލޭންގެ ފައިނަލް ކުރެހުމުގެ ހާޑުކޮޕީއާއި ސޮފްޓް ކޮޕީ (އޮޓޯކޭޑް އަދި ޖިއޯޖޭސަން ފޯމެޓްގައި) އަދި އަލަށް ހިއްކި ބިމުގެ ޑިވެލޮޕްމަންޓް ޕްލޭން 3ޑީކޮށް ކުރަހާ ޑިޒައިންކޮށްފައިވާ ކުރެހުން ކައުންސިލަށް ހުށަހަޅަން ވާނެއެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ތިރީގައިވާ މަޢުލޫމާތު ހިމެނޭގޮތަށް ހުށަހަޅާ ޕްރޮޕޯސަލް
  • މަސައްކަތް ކޮށްދިނުމަށް ހޭދަވާނެ މުއްދަތު
  • ގއ. ދާންދޫ އަށް ކުރަންޖެހޭ ދަތުރުތައް ޕްލޭންކުރާގޮތް، ދަތުރުގެ ޢަދަދު، ކޮންމެ ދަތުރެއްގައި ހޭދަވާނެ މުއްދަތު، ދަތުރުގެ ބޭނުން، މިނޫންވެސް ދަތުރާއި ގުޅުންހުރި މަޢުލޫމާތު.
  • ލޭންޑް ޔޫސް ޕުލޭން މިނިސްޓްރީން ޤަބޫލުކޮށް ހުއްދަ ދިނުމާއި ހަމައަށް ކުރަންޖެހޭ ހުރިހާ ކަމެއްގެ ޖުމްލަ އަގު (ދިވެހި ރުފިޔާއިން)

   2. މި މަސައްކަތަށް ޕްރޮޕޯސަލް (އަންދާސީ ހިސާބު) ހުށަހަޅާ ކުންފުނިތަކުން ނުވަތަ އިންވެސްޓްމަންޓްތަކުން އެފަރާތުގެ ރަޖިސްޓްރީގެ ކޮފީ އާއި ޕްރޮފައިލް.

   3. މަސައްކަތާއިގުޅޭ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ހިންގާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ހިމެނޭ ލިޔުންތައް ހުށައެޅުން.

   4. މަސައްކަތުގައި ބައިވެރިވާ ފަރާތްތަކުގެ ނުވަތަ ކުންފުނީގެ މުވައްޒަފުންގެ ވަނަވަރު.

   5. ސާވޭޔަރުންގެ ގޮތުގައި ކަމާގުޅޭ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާކަމުގެ ލިޔުން، ކޮންސަލްޓެންޓެއްގެ ގޮތުގައި އީ.ޕީ.އޭ އިން ދެއްވާފައިވާ ހުއްދަ ނުވަތަ ރަޖިސްޓްރީގެ ކޮޕީ

 

އިތުރު މަޢުލޫމާތު:

1- ޕްރޮޕޯސަލް (އަންދާސީ ހިސާބު) ހުށައަޅަންވާނީ ސިޓީ އުރައަކަށްލައި ބަންދުކޮށް ނުވަތަ ކައުންސިލުން ކަނޑައަޅާ އޮންލައިން ޕްލެޓްފޯމަކުން ގއ. ދާންދޫ ކައުންސިލްގެ އިދާރާއަށް އެޑްރެސްކޮށެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހެޅި ފަރާތުގެ މައުލޫމާތު އަދި "ގއ. ދާންދޫ ލޭންޑް ޔޫސް ޕްލޭން ހެދުމަށް" މިހެން ލިޔެ އިޢުލާނު ނަންބަރު ލިޔަންވާނެއެވެ.

2- އެކަށީގެންވާ ޕްރޮޕޯސަލް (އަންދާސީ ހިސާބު) އެއް ލިބިފައި ނުވާނަމަ ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ބާތިލު ކުރުމުގެ އިޚްތިޔާރު ގއ. ދާންދޫ ކައުންސިލަށް ލިބިގެން ވެއެވެ.

3- ހުށަހަޅުއްވާ ޕްރޮޕޯސަލްތަކަށް މާކްސް ދިނުމުގައި ބެލުމަށް ހަމަޖެހިފައިވަނީ:

  •    އަގު %60 ( ފަސްދޮޅަސް ޕަސެންޓް )
  •    މަސައްކަތުގެ މުއްދަތަށް %20 ( ވިހި ޕަސެންޓް)
  •    މަސައްކަތުގެ ތަޖުރިބާ އަދި ފަންނީ ޤާބިލުކަމަށް %20 (ވިހި ޕަސެންޓް)

4- ހުށަހަޅާ ޕްރޮޕޯސަލް ތަކުން އެވޯޑް ކުރެވޭ ފަރާތަށް މަސައްކަތް ހަވާލުކުރެވޭނީ ދަޢުލަތުގެ މާލިއްޔަތުގެ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިންކަމުގައި ދެންނެވީމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

29 ޖަނަވަރީ 2023
ހޯދާ