މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
އެއަރކޮންޑިޝަންތައް މަރާމާތުކޮށް ސަރވިސްކޮށް ބެލެހެއްޓުމާބެހޭ

މިސަރވިސްގެ ހެޑް އޮފީހާއި މިސަރވިސްގެ ދަށުން ހިނގަމުންދާ ޖަލުތަކުގެ އެއަރކޮންޑިޝަންތައް މަރާމާތުކޮށް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު: 50/IUL)167-E/1/2014) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އަލުން އިޢުލާން ކުރަމެވެ.

މިސަރވިސްގެ ހެޑްއޮފީހާއި މިސަރވިސްގެ ދަށުން ހިނގަމުންދާ ޖަލުތަކުގެ އެއަރކޮންޑިޝަންތައް މަރާމާތުކޮށް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.  

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކާއި ގަޑިތަކަށް ޣާޒީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގައި ހުންނަ މިސަރވިސްގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުއްވެވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރައްވަން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

21 ޑިސެންބަރު 2014

އާދީއްތަ

11:00

އަންދާސީހިސާބު ހުށަހެޅުއްވުމަށް

25 ޑިސެންބަރު 2014

ބުރާސްފަތި

11:00

22 ޞަފަރު 1436

14 ޑިސެންބަރު 2014
ހޯދާ