މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.މަޑުއްވަރީ މަސްޖިދުއްނަޞްރު މިސްކިތަށް 14 އޭ.ސީ ސަޕްލައިކޮށް، އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުން

މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ޚަރަދުގައި މ.މަޑުއްވަރީ މަސްޖިދުއްނަޞްރު މިސްކިތަށް އެއަރކޮންޑިޝަން ގަނެ، ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި ތަކެތި ގަނެ ހަރުކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން ބީލަން ހުށަހެޅުމަށް ނަންނޯޓް ކޮށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ނަންނޯޓް ކުރުން:

2023 ޖަނަވަރީ 29 އިން 2023 ފެބްރުއަރީ 05 ގެ 13:00 ގެ ކުރިން

ފޯމް ލިންކް: http://shorturl.at/klIPZ

ރަޖިސްޓަރ ވުމަށް ދުރުވާނީ މ. މަޑުއްވަރީ ކައުންސިލް އިދާރާއަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00

މައުލޫމާތު ސާފުކުރުން:

މި ބީލަމާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.

ބިޑް ހުށަހެޅުން:

08 ފެބްރުއަރީ 2023 (ބުދަ) 13:00

މ.މަޑުއްވަރީ ކައުންސިލްގެ އިދާރާގެ ދަސްވަނި މާލަން

       

ބީލަން ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ މ.މަޑުއްވަރީ ކައުންސިލްގެ އިދާރާގެ ދަސްވަނި މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޯމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މި ބީލަން ހުށަހެޅުމަށް ނަންނޯޓް ކުރި ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

26 ޖަނަވަރީ 2023
ހޯދާ