އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ ލީގަލް އޮފިސަރ (އެމް.އެސް 3) - ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަން

 (IUL)38-CA/38/2023/33: ނަންބަރު

އިޢުލާން

ވަޒީފާގެ ފުރުޞަތު

ސީނިއަރ ލީގަލް އޮފިސަރ (އެމް.އެސް 3) މަޤާމަށް މީހަކު ހޯދުމަށް ކޮށްފައިވާ ނަންބަރު: (IUL)38-CA/38/2022/376 (20 ޑިސެންބަރު 2022) އިޢުލާނަށް އެކަށީގެންވާވަރަށް ޝަރުތު ފުރިހަމަވާ މީހުން ކުރިމަތިލާފައިނުވާތީ، މިމަޤާމަށް މީހަކު ހޯދުމަށް އަލުން އިއުލާނު ކުރީމެވެ.

މަޤާމް

ސީނިއަރ ލީގަލް އޮފިސަރ (އެމް.އެސް 3)

ބޭނުންވާ ޢަދަދު:

01 (އެކެއް)

ސެކްޝަން:

ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/7035 ރުފިޔާ  (ހަތްހާސް ތިރީސްފަސް ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/4000 ރުފިޔާ (ހަތަރުހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މަހަކު 3165/75 ރުފިޔާ (ތިންހާސް އެއްސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ ހަތްދިހަ ފަސްލާރި )

ވަޒީފާގެ ބާވަތް: 

ދާއިމީ

މަސައްކަތުގެ ވަގުތު:

އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  1. މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ތަޢުލީމީ ރޮނގަކުން،  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސެޓްފިކެޓެއް ޙާސިލްކޮށް ވަކާލާތުކުރުމުގެ ހުއްދައޮތުން. ނުވަތަ،
  2. މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ތަޢުލީމީ ރޮނގަކުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ލެވެލްއެއްގެ ސެޓްފިކެޓެއް ޙާސިލްކޮށް ވަކާލާތުކުރުމުގެ ހުއްދައޮތުން. ނުވަތަ،
  3. އެމް. އެސް 2 ގެ ރޭންކުގެ މަޤާމެއްގައި (ޤާނޫނީ ދާއިރާގެ) މަސައްކަތްކޮށް 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބި ވަކާލާތުކުރުމުގެ ހުއްދައޮތް ފަރާތެއްކަމުގައިވުން، ނުވަތަ،
  4. އެމް. އެސް 1 ގެ ރޭންކުގެ މަޤާމެއްގައި (ޤާނޫނީ ދާއިރާގެ) މަސައްކަތްކޮށް 5 އަހަރު ދުވަހުގެ ތަޖްރިބާ ލިބި ވަކާލާތުކުރުމުގެ ހުއްދައޮތް ފަރާތެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ދާއިރާތައް؛

  • ޤާނޫނީ ދާއިރާ

(މަޤާމުގެ ދާއިރާކަމުގައި ބެލެވޭނީ މަތީގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ސެޓްފިކެޓްތައް)

އިތުރަށް ބަލާނެ ކަންކަން:

  1. އުމުރުން 18 އަހަރު ފުރިފައިވުން.
  2. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
  3. ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.
  4. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  5. ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.
  6. މަޤާމް ގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުން.

މަސްއޫލިއްޔަތު:

 - ކޮމިޝަނަށް ދައުވާ ލިބޭ މައްސަލަތަކުގައި ޓްރައިބިއުނަލްތަކާއި ޝަރުޢީ ކޯޓުތަކުގައި ކޮމިޝަން ތަމްސީލްކޮށް ވަކާލާތުކުރުން.

 - އިންތިޚާބުތަކުގައި ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން ލަފާ ބޭނުންވާ މައްސަލަތަކުގައި ޤާނޫނީ ލަފާދިނުން.

- ޤާނޫނީ ކަންކަމުގައި ކޮމިޝަނަށް ލަފާދިނުން.​

- ކޮމިޝަނުގެ ނިންމުންތައް ތަންފީޒުކުރުމަށް އެހީތެރިވެދިނުން.

- ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތައް ޑްރާފްޓްކުރުން.

 - އިންތިޚާބާއި ގުޅިގެން ޤާނޫނީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

- ސިޔާސީ ޕާޓީތައް ރެގިއުލޭޓްކުރުމުގެ އެންމެހައި މަސައްކަތްކުރުން.

- ކޮމިޝަނާ ގުޅުންހުރި ޤާނޫނުތައް ދިރާސާކުރުން.

- ޤާނޫނީ ލިޔެކިޔުންތައް ތަރުޖަމާކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

5. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން:

- މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:         

މި މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން 06 ފެބުރުވަރީ 2023 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ 05 ވަނަ ފަންގިފިލާގެ ރިސެޕްޝަނަށް ނުވަތަ ކޮމިޝަނުގެ އީމެއިލް ([email protected]) މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި 10mbއަށް ވުރެ ކުޑަފައިލްސައިޒަކަށް އެޓޭޗްކުރެވިފައެވެ. ވަޒީފާއަށް އެދޭ ފޯމު މި ކޮމިޝަންގެ ރަސްމީ ވެބްސައިޓް www.elections.gov.mv  އިން ލިބެން ހުންނާނެއެވެ.

ނޯޓު: އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ 3004472 އަށް ގުޅުއްވައި އީމެއިލު މި ކޮމިޝަނަށް ލިބިފައިވާކަން ކަށަވަރުކުރަން ވާނެއެވެ. އަދި ދަންނަވަމެވެ. ފައިލްސައިޒް 10mb އަށް ވުރެ ބޮޑުވެގެން މިކޮމިޝަނަށް ނުލިބޭ އީމެއިލްތައް ބެލެވޭނީ ހުށަނާޅާ ފޯމުގެ ގޮތުގައެވެ.

އިތުރު މަޢުލޫމާތު:

- ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ.

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

- އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠު ހަމެވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިއު އަދި ޢަމަލީ ޓެސްޓުން %50 އަށްވުރެ މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ.

- މި މަޤާމަށް ހޮވޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

- މި މަޤާމަށް ހޮވުމަށްފަހު ވަޒީފާއަށް ނިކުތުމަށް އެންމެ ގިނަވެގެން ދެވޭނީ ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ މުއްދަތެކެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ކެންޑިޑޭޓް ނަންބަރެއް ދެވޭނެއެވެ. އަދި އެ ނަންބަރު ކުރިމަތިލާފައިވާ ފަރާތްތަކަށް އަންގާނެއެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށްދެވޭ އަމަލީ ޓެސްޓާއި އިންޓަރވިއުއަށްފަހު އެފަރާތްތަކަށް ލިބިފައިވާ މާރކްސް އާންމު ކުރާނެއެވެ.

 

ސީނިއަރ ލީގަލް އޮފިސަރ – އެމް.އެސް 3 ގެ މަޤާމަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑު

ބައިތައް

މާކްސް

ތަޢުލީމާއި ތަމްރީނު

40

މަސައްކަތު ތަޖުރިބާ

15

އިންޓަވިޔު

35

ޢަމަލީ ޓެސްޓު

10

ޖުމުލަ

100

ޝޯޓްލިސްޓު ކުރެވޭގޮތް:

- ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަމަލީ ޓެސްޓު ދިނުމަށްފަހު، އެ ޓެސްޓުން %50 އިން މަތި ލިބޭ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

- މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށް ވުރެ މަތީ ސެޓްފިކެޓް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ. (ޖީ.އެސް 3 އިން ފެށިގެން މަތީ ރޭންކުގެ މަޤާމުތަކަށް)

- މެނޭޖީރިއަލް ސަރވިސްގެ ގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއާއި، ތަމްރީނާއި، ހުނަރުގެ މާކުހަށް ބެލުމަށްފަހު ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.

ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.

26 ޖަނަވަރީ 2023
ހޯދާ