މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ރ.މާކުރަތު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

2015 ވަނަ އަހަރު މާކުރަތު ކައުންސިލުގެ އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 18 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ރ.މާކުރަތު ކައުންސިލުގެ އިދާރާގައެވެ. މަޢުލޫމާތު ސާފުކުރުމަށްފަހު ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް ބަލައިގަތުން އޮންނާނީ 24 ޑިސެންބަރު 2014 ވާ ބުދަދުވަހުގެ ހެނދުނު 10:00 ގައި މާކުރަތު ކައުންސިލުގެ އިދާރާގައެވެ. ޕްރޮޕޯޒަލްތައް ބަލައިގަތުމަށްފަހު ހަމައެގަޑީގައި ޕްރޮޕޯޒަލްތައް ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި ޕްރޮޕޯޒަލްތައް ކެނޑުން ބޭއްވޭނެއެވެ. އަދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހަކުކަން އަންގައިދިނުމަށް ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ.

ޕްރޮޕޯޒަލް ހުށަހަޅާނީ މަޢުލޫމާތު ސާފުކުރި ފަރާތަކަށް ދޫކުރެވޭ މަޢުލޫމާތުތަކާ އެއްގޮތަށް ތައްޔާރުކޮށް ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

18 ޞަފަރު 1436

10 ޑިސެންބަރު 2014
ހޯދާ