ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑެޕިއުޓީ ފައިނޭންޝަލް ކޮންޓްރޯލަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލުން

އިޢުލާން

ޑެޕިއުޓީ ފައިނޭންޝަލް ކޮންޓްރޯލަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށްހުޅުވާލުން

މިނިސްޓްރީ އޮފް ފިނޭންސްއަށް ޑެޕިއުޓީ ފައިނޭންޝަލް ކޮންޓްރޯލަރ ހަމަޖެއްސުމަށްޓަކައި، މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ކުރިމަތިލެއްވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅު ނަމަ، ކޮމިޝަނުގެ ނަންބަރު 3307315 ފޯނަށް ގުޅުއްވުން އެދެމެވެ.

މަޤާމުގެ ޝަރުޠު:

އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓަންޓްސް (އައި.އެފް.އޭ.ސީ) އިން ޤަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއް (މިސާލު: އޭސީސީއޭ/ސީމާ/ސީޕީއޭ ފަދަ) ގެ ކޮލިފައިޑް އެކައުންޓަންޓަކަށްވުން.

އަދި

ފައިނޭންސް/އެކައުންޓިންގ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.

މުސާރައާއި ޢިނާޔަތްތައް:

އަސާސީ މުސާރަ: -/18,500 ރުފިޔާ  

ޖޮބް އެލަވަންސް: ޑެޕިއުޓީ ފައިނޭންޝަލް ކޮންޓްރޯލަރ މަޤާމުގެ "މަޤާމުގެ އެލަވަންސް" އަކީ -/10,850 ރުފިޔާއެވެ.

ޑެޕިއުޓީ ފައިނޭންޝަލް ކޮންޓްރޯލަރ މަޤާމުގެ ޙާޒިރީ އިނާޔަތަކީ -/294 ރުފިޔާއެވެ. މި އެލަވަންސަކީ ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފު އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް ދެވޭނެ އެލަވަންސެކެވެ. އޮފީހަށް ޙާޟިރުވުމުގެ ތެރޭގައި ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފު ފިޒިކަލީ އޮފީހަށް ޙާޟިރުވުމާއި، ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން އޮންލައިންކޮށް މަސައްކަތްކުރަންޖެހޭ ހާލަތްތަކުގައި އެ އިދާރާއެއްގައި ހަމަޖެހިފައިވާ އުޞޫލުން ސައިން-އިން ވެގެން ޙާޟިރުވާ ޙާޟިރުވުން ވެސް ހިމެނޭނެއެވެ. އަދި ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރޭގައި ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރަށް ކުރަންޖެހޭ ރަސްމީ ދަތުރުތަކުގެ ދުވަސްތައް ވެސް އޮފީހަށް ޙާޟިރުވާ ދުވަސްތަކުގެ ތެރޭގައި ހިމެނޭނެއެވެ.

ޑެޕިއުޓީ ފައިނޭންޝަލް ކޮންޓްރޯލަރ މަޤާމަކީ ޤާނޫނު ނަންބަރު 2008/2 (ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިންގުމުގެ އިސް މަޤާމުގެ ތެރޭގައި ހިމެނޭ މަޤާމެކެވެ. ވީމާ، މި މަޤާމަށް އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ނުލިބޭނެއެވެ.

ކުރިމަތިލުމުގެ ސުންގަޑިއާ ކުރިމަތިލާނެ ގޮތް:

ޑެޕިއުޓީ ފައިނޭންޝަލް ކޮންޓްރޯލަރ މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ތިރީގައި މިވާ ލިޔުންތައް 2023 ފެބުރުވަރީ 5 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ އަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. ހުށަހަޅަންޖެހޭ ތަކެތީގެ ތެރެއިން ނަންބަރު (3)، (4)، (5)، (6)، (7) އަދި (8) ގައި ބަޔާންކޮށްފައިވާ ލިޔުންތައް ސުންގަޑި ހަމަވުމުގެ ފަހުން ބަލައި ނުގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް މަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު ބަލައިގަތުމުގެ މުއްދަތު އިތުރު ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. "ޑެޕިއުޓީ ފައިނޭންޝަލް ކޮންޓްރޯލަރ ގެ ވަޒީފާއަށް އެދޭ މަޢުލޫމާތު ފޯމު"(މި ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ހުށަހެޅެންނެތް ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  3. އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސްގެ މެންބަރޝިޕް.
  4. އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓިންގ (އައި.އެފް.އޭ.ސީ) އިން ޤަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއްގެ "މެމްބަރ އިން ގުޑް ސްޓޭންޑިންގ" ކަން އަންގައިދޭ، އެ ތަނެއްގެ ލިޔުން.
  5. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ކަނޑައަޅާފައިވާ އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓަންޓްސް (އައި.އެފް.އޭ.ސީ) އިން ޤަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއްގެ މެމްބަރޝިޕް ސެޓްފިކެޓް.
  6. ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން ހާޞިލުކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ 

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

  7. ފުރިހަމަކޮށްފައިވާ އިންޓަރނޭޝަނަލް ޕަބްލިކް ސެކްޓަރ ސްޓޭންޑަރޑްސް (އިޕްސާސް) ގެ ތަމްރީނުތަކާއި ގަވަރމަންޓު ފައިނޭންސް ސްޓެޓިސްޓިކްސް (ޖީއެފް.އެސް) ގެ ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

  9. ޑެޕިއުޓީ ފައިނޭންޝަލް ކޮންޓްރޯލަރ މަޤާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).

  10. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއް ނަމަ، ޑެޕިއުޓީ ފައިނޭންޝަލް ކޮންޓްރޯލަރ  މަޤާމަށް ހޮވިއްޖެނަމަ، ވަޒީފާއިން ދޫކުރުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

  11. ޑެޕިއުޓީ ފައިނޭންޝަލް ކޮންޓްރޯލަރ މަޤާމަށް ކުރިމަތިލާ ފަރާތުގެ އިޤްރާރު. (ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކްރައިޓީރިއާ:

  1. ތަޖުރިބާ: %40 (ސާޅީސް އިންސައްތަ)

   (ހ) މަސައްކަތު ތަޖުރިބާ: ފައިނޭންސް / އެކައުންޓިންގ ދާއިރާގެ ތަޖުރިބާ %30 (ތިރީސް އިންސައްތަ)

   (ށ) ހިންގުމުގެ ތަޖުރިބާ: ފައިނޭންސް / އެކައުންޓިންގ ދާއިރާގެ ހިންގުމުގެ ތަޖުރިބާ (ދިހަ އިންސައްތަ)

  2. މަޤާމުގެ މަސައްކަތާ ގުޅޭ ތަމްރީނު: %5 (ފަސް އިންސައްތަ)

  3. އިމްތިހާނު: %20 (ވިހި އިންސައްތަ)

  4. އިންޓަރވިއު އާއި ޕްރެޒެންޓޭޝަން: %35 (ތިރީސް ފަސް އިންސައްތަ)

ނޯޓް: މި މަޤާމަށް މުވައްޒަފަކު ޢައްޔަން ކުރުމުގައި ބަލާނީ ޗީފް ޕަބްލިކް އެކައުންޓަންޓް ގެ މަޤާމަށް މީހަކު ހޮވުމާ ޢައްޔަން ކުރުމުގެ އުޞޫލު 2021 ގައި ބަޔާންކުރާ މިންގަނޑުތަކެވެ.

އިމްތިޙާނުކުރުމާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން ހުށަހެޅުން:

ޑެޕިއުޓީ ފައިނޭންޝަލް ކޮންޓްރޯލަރ މަޤާމަށް މީހަކު ހޮވުމަށް މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކަށް އިމްތިހާނު ދިނުމާއި، އިންޓަރވިއުއަކާއެކު ޕްރެޒެންޓޭޝަން ހުށަހެޅުން 2023 ފެބުރުވަރީ 12 އިން 2023 މާރިޗް 12 އާ ދެމެދު މާލޭގައި އޮންނާނެއެވެ. މި ތާރީޚަށް ބަދަލު އަތުވެއްޖެ ނަމަ އެ ކަން މި ކޮމިޝަނުން އަންގާނެ ވާހަކަ ދަންނަވަމެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަރވިއުއަށް އަދި އިމްތިހާނަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ޕޮއިންޓް ދެވުނު ގޮތުގެ ޝީޓް" އާންމުކޮށް ފެންނާނެހެން މި ކޮމިޝަނުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ އެ ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ލިޔުމުން (އީމެއިލް ނުވަތަ ސިޓީ) މި ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

 

                                   


4 ރަޖަބު 1444

26 ޖަނަވަރީ 2023

 

26 ޖަނަވަރީ 2023
ހޯދާ