މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. ރަސްމާދޫ ފުޓްސެލް ދަނޑު މަރާމާތުކުރުމަށް ކުރަންހުރި މަސައްކަތު ކުރުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  1. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ޖަނަވަރީ 29 އިން 2023 ފެބްރުއަރީ 06 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ފެބްރުއަރީ 09 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2023 ފެބްރުއަރީ 14 ވާ އަންގާރަ ދުވަހުގެ 10:00 ގައި ރަސްމާދޫ ކައުންސިލް އިދާރާގައެވެ.
  2. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް އަދި މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  1. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

ރަސްމާދޫ ކައުންސިލް އިދާރާ

ރ.ރަސްމާދޫ، ދިވެހިރާއްޖެ.

ފޯން:  6580049

އީ-މެއިލް: [email protected]

26 ޖަނަވަރީ 2023
ހޯދާ