ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
ޑިޕާޓްމަންޓް އޮފް އިންކުލޫސިވް އެޑިޔުކޭޝަންގެ ފަރާތުން ހއ. އަތޮޅު ތަޢުލީމީ މަރުކަޒު، އިހައްދޫ ސްކޫލް އަދި އަބޫބަކުރު ސްކޫލްގެ އިންކުލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓް ހަރުދަނާ ކުރުމުގެ ގޮތުން، އެސްކޫލްތަކުގެ ޓީޗަރުންނަށް ތަމްރީން ޕްރޮގްރާމެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިޔާ ގްރާންޓް ޕްރޮޖެކްޓްގެ ދަށުންނެވެ
ޓަރމްސް އޮފް ރެފަރަންސް:
މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ "ޓަރމްސް އޮފް ރެފަރަންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ.
ޕްރޮޕޯސަލް ހުށައެޅުން:
މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން2023 ފެބްރުވަރީ 07 ވަނަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް، "ޓަރމްސް އޮފް ރެފަރެންސް" ގައި ބަޔާންކުރާ ލިޔެކިޔުންތައް ހިމެނޭގޮތަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ލިންކް:bit.ly/3X5HZly
ޕްރޮޕޯސަލް އެޑްރެސް ކުރައްވީ ފަރާތް:
ޕްރޮކިއުމަންޓް ސެކްޝަން
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ވެލާނާގެ، 9 ވަނަ ފަންގިފިލާ
އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.
އީ-މެއިލް: [email protected]