ރިނބުދޫ މެޖިސްޓްރޭޓް ކޯޓު، ދ.ރިނބުދޫ
ދިވެހިރާއްޖެ
ދ.ރިނބުދޫ މެޖިސްޓްރޭޓް ކޯޓްގެ ޢިމާރާތާއި ގޯތިތެރެ ފޮޅާސާފުކޮށް ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ

އިޢުލާން

 

ދ. ރިނބުދޫ މެޖިސްޓްރޭޓް ކޯޓުގެ ޢިމާރާތާއި ގޯތިތެރެ ފޮޅާސާފުކޮށް ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ.

          މިކޯޓުގެ ޢިމާރާތާއި ގޯތިތެރެ ފޮޅާސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

          ވީމާ، މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން އަގުބަލާ ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މިމަސައްކަތާ ބެހޭ މައުލޫމާތު ދިނުން އޮންނާނީ 06 ފެބްރުއަރީ 2023 ވާ ހޯމަދުވަހު 11:00 ގައި ދ.ރިނބުދޫ މެޖިސްޓްރޭޓް ކޯޓްގައެވެ. މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށް އަގުބަލާ ފޯމް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެކަމުގައި ދެންނެވީމެވެ.

            އަގުބަލާ ފޯމް ހުށަހަޅާ ތާރީޚް: 09 ފެބްރުއަރީ 2023

     އަގުބަލާ ފޯމް ހުށަހަޅާ ގަޑި: 11:30

               އަގުބަލާ ފޯމް ހުށަހަޅަންޖެހޭ ތަން: ދ. ރިނބުދޫ މެޖިސްޓްރޭޓް ކޯޓް

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19 ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަގުބަލާ ފޯމު ހުށަހަޅުއްވާއިރު، އެބޭފުޅަކު ތަމްސީލް ކުރައްވާ ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަގުބަލާ ފޯމު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަގުބަލާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

04 ރަޖަބު 1444ހ.

26 ޖަނަވަރީ 2023މ.

26 ޖަނަވަރީ 2023
ހޯދާ