މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އިނގުރައިދޫގައި ދަނޑުވެރިކަން ކުރާ ފަރާތްތަކާއިގުޅޭ

ރ.އިނގުރައިދޫގައި ދަނޑުވެރިކަން ކުރާ ފަރާތްތަކާއިގުޅޭ

 

             މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ އާއި ޖައިކާއިން ގުޅިގެން ދަނޑުވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކާއި މިސިނާޢަތް ކުރިއެރުވުމަށް ކުރެވެން ހުރިކަންކަން ފާހަގަކުރުމުގެ ގޮތުން މިރަށުގައި ސަރވޭއެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ސަރވޭ ކުރިއަށް ގެންދިއުމަށް ޖައިކާ އަދި މިނިސްޓްރީގެ މެމްބަރުން ހިމެނޭ ޓީމެއް 27 ޖަނަވަރީ 2023 ވަނަ ދުވަހު މިރަށަށް ދުރުވެ ދަނޑުވެރިންނާއި ބައްދަލުކުރުމާއި އަދި ދަނޑުބިންތައް ބާލާލުމަށް ވަނީ ހަމަޖެހިފައެވެ.

            ވީމާ، ދަނޑުބިންތަކުގައި ދަނޑުވެރިކަންކުރައްވާ ފަރާތްތަކުން ހިތްފަސޭހަމަގުން އެންމެ ހުޅަގުން ދޫކޮށްފައިވާ ދަނޑުބިން ހިމެނޭ ޞަރަހައްދަށް 27 ޖަނަވަރީ 2023 ވާ ހުކުރު ދުވަހު ހަވީރު 16:15 އަށް ދުރުވެދެއްވުން އެދެމެވެ.

      އަދި ގޯތި ތެރޭގެ ދަނޑުވެރިކަން ކުރައްވާ ފަރާތްތަކުން 27 ޖަނަވަރީ 2023 ވާ ހުކުރު ދުވަހު ހަވީރު 16:15 އަށް ހުޅަނގު އަވަށު ކުރީގެ އިންޖީނުގެ )އޮއިވަރު އިނޖީނުގެ( ހިންގި ޢިމާރާތަށް ދުރުވެދެއްވުން އެދެމެވެ. 

                  މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ޖަނަވަރީ 2023
ހޯދާ