ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު ސްޕަވައިޒަރ

އިޢުލާން

ގދ. ރަތަފަންދޫއިޖުތިމާޢީ ގުރޫޕްގައި ވޭޖް އެމްޕްލޯއިމެންޓްގެ ދަށުން 01 އަހަރުދުވަހުގެމުއްދަތަށް މަސައްކަތްކޮށްދޭނެ ތިރީގައި މިދަންނަވާ މަޤާމަށް މީހުން ހޯދުމަށްވަނީ ބޭނުންވެފައެވެ.

މަޤާމް:

މަސައްކަތު ސްޕަވައިޒަރ

ބޭނުންވާ ޢަދަދު:

01(އެކެއް )

މަޤާމުގެ ގިންތި:

ވަގުތީ ( ވޭޖު އެމްޕްލޯއީ )

ޔުނިޓް:

ސޯޝަލް އެންޑް މުނިސިޕަލް ސާރވިސަސް ޔުނިޓް

މަޤާމު އޮތް އޮފީސް:

ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ގދ. ރަތަފަންދޫ އިޖުތިމާޢީ ސަރަހައްދު

   

އުޖޫރަ

މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް 65/36( ތިރީސްހަ ރުފިޔާ/ ފަސްދޮޅަސް ފަސްލާރި)

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ވަގުތު

5 ގަޑިއިރު (މިވަގުތު ހަމަޖައްސާނީ ކައުންސިލާއި،މަސައްކަތަށް ހޮވޭ ފަރާތްތަކާ ދެމެދު މަޝްވަރާކޮށްގެންނެވެ. )

   

މަޤާމުގެ މަސްއޫލިއްޔަތު:

1 – ރަތަފަންދޫ އިޖުތިމާޢީ ސަރަޙައްދުގެ ގޮތުގައި ހިމެނޭ ތަންތަން ކުނިކަހާ ސާފުކުރުވުމުގެ މަސައްކަތް މަސައްކަތު މީހުންލައްވާ ކުރުވުމާއެކު ޢަމަލީގޮތުން މަސައްކަތުގައި ބައިވެރިވުން

2- މަސައްކަތު މީހުންގެ ޙާޟިރީ ޤަވާޢިދުން ބެލެހެއްޓުން

މަޤާމުގެ ޝަރުޠުތައް:

 ކައުންސިލް އިދާރާއިންދެވޭ އިރުޝާދުތަކާއެކު މަސައްކަތް ހިންގޭފަދަ ޤާބިލްކަމެއް ލިބިފައިވުން  މީގެ އިތުރުން ބަޔަކު ގޮވައިގެން މަސައްކަތް ކުރެވޭ ފެންވަރުގެ މީހެއްކަމުގައިވުން

 ހުށަހަޅަންޖެހޭ ލިއުންތައް:

  1. ވަޒީފާއަށް އެދޭ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  2023 ފެބްރުއަރީ 05 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން، ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ  އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.އީ-މެއިލްއެޑްރެހަކީ،[email protected] އެވެ.ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އެހެނިހެން ކަންތައްތައް:

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު  ހުށަހަޅުއްވާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިއުންތައް ހަމަނުކޮށް އަދި ފުރިހަމަނުކޮށްހުށަހަޅާ ހުށަހެޅުންތައް ބާޠިލްކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު

 މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2023 ފެބްރުއަރީ 08 އާއި 2023 ފެބްރުއަރީ 11 އާ ދެމެދު ހުވަދު އަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލް އިދާރާގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚްތަކުގައި އިންޓަވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840016 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ[email protected]  އަށެވެ.

              

26 ޖަނަވަރީ 2023
ހޯދާ