މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްޕޯޓްސް ސުޕަވައިޒަރ (ކޮންޓްރެކްޓް)

(މިމިނިސްޓްރީގެ ނަންބަރު 22/2014/116/D-ފ22(IUL)ފ(20 ނޮވެންބަރު 2014) އިޢުލާނުގެ މަޤާމަށް ޝަރުޠު ހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައިނުވާތީ އެއިޢުލާނު ބާޠިލު ކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.)

   މަޤާމު:                    ސްޕޯޓްސް ސުޕަވައިޒަރ (ކޮންޓްރެކްޓް)

   ބޭނުންވާ އަދަދު:               02

   ވަޒީފާ އޮތް އޮފީސް:            މިނިސްޓްރީ އޮފް އެޑިޔުކޭޝަން

   މުސާރަ:                   -/7590 ރުފިޔާ

   ގިންތި:                    ކޮންޓްރެކްޓް (3 މަސްދުވަސް)

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން :   "އެންމެ ކުއްޖަކުވެސް ބާކީ ނުކުރާނަން" ޕްރޮޖެކްޓް ކޯޑިނޭޝަން ޔުނިޓް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހަވާލު ކުރެވޭ ބީޓެކް ސްޕޯޓްސް ކޯސްގެ މަސައްކަތްތައް ރަނގަޅު ފެންވަރެއްގައި ކުރުން.

- ހަވާލު ކުރެވިފައިވާ މަސައްކަތްތަކަށް ފަރުވާތެރިވެ ޒިންމާދާރުވެ ކަންތައްތައް އަމިއްލައަށް އިސްނަގައިގެން ކުރުމަށް ޝައުޤުވެރިވުން.

- އެކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ރަޙުމަތްތެރިކަމާއި އެކުވެރިކަމުގެ ރޫޙު ޤާއިމުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް އެންމެ ފައިދާހުރި ގޮތުގައި ރާވައިގެން ކުރުން.

- މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސިއްރު ހިފެހެއްޓުން.

- ބީޓެކު ސްޕޯޓްސް ކިޔަވައިދޭ ސްކޫލުތަކަށް ޒިޔާރަތްކޮށް، ކޯސް ހިނގަމުންދާގޮތް މޮނިޓަރކޮށް، ސުޕަވައިޒްކޮށް، އެސެސަރުންނާއި ސްޕޯޓްސްގެ ސުޕަވައިޒަރުންނަށް ބުނެދިނުން.

- ބީޓެކު ސްޕޯޓްސްގެ ޓްރެއިނިންގ ސްކޫލުތަކުގެ އެސެސަރުންނަށް އަދި ސްޕޯޓްސް ސުޕަވައިޒަރުންނަށް ނަގައިދިނުން

- ދިވެހި ސިވިލް ސަރވިސް ގަވާއިދުތަކާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ސްކޫލުގެ ގަވާއިދުތަކާއި ޓީޗަރުންނަށް ޚާއްޞަ ކޮށްފައިވާ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.

ޝަރުޠު:              

  1. ޤައުމީ ފެންވަރުގައި ނުވަތަ ބައިނަލްއަޤްވާމީ ފެންވަރުގައި ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެ ތަމްސީލު ކޮށްފައިވާ ފަރާތެއް ކަމުގައިވުން. ނުވަތަ
  2. ޤައުމީ ފެންވަރުގައި ނުވަތަ ބައިނަލްއަޤްވާމީ ފެންވަރުގައި ހިންގާފައިވާ އެކިއެކި ކުޅިވަރު މުބާރާތްތަކުގައި ވާދަކޮށް ނަތީޖާ ހާސިލުކޮށްފައިވާ ފަރާތެއް ކަމުގައިވުން.

އިންޓަރވިއު ކުރުން.

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 22 – 31 ޑިސެންބަރު 2014 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ޑިސެންބަރު 2014 ވަނަ ދުވަހުގެ 14:30 ގެ ކުރިން ލިޔުމަކުން ތަޢުލީމީ ސެޓުފިކެޓުތަކާއެކު ހުށަހެޅުއްވުން އެދެމެވެ.

އަދި މިމިނިސްޓްރީގެ ނަންބަރު 22/2014/116/D-ފ22(IUL)ފ(20 ނޮވެންބަރު 2014) އިޢުލާނަށް ކުރިމަތިލެއްވި ފަރާތްތަކުން އަލުން ކުރިމަތިލައްވަން އެދިވަޑައިގަންނަވާނަމަ، އެކަމަށް އެދި ސިޓީ ހުށަހެޅުއްވުމުން އިތުރަށް ސެޓުފިކެޓުތައް ހުށަހަޅުއްވަން ނުޖެހޭނެ ކަމުގައި ދަންނަވަމެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341428 ފޯނަށް ގުޅުއްވުން އެދެމެވެ.

08 ޑިސެންބަރު 2014
ހޯދާ