ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ައްދުންމަތީ މާބައިދޫ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުން

ހައްދުންމަތީ މާބައިދޫ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިބީލަމުގައި  ބައިވެރިވެ ލައްވަން ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ފޯމާއި ދައްކަންޖެހޭ ފައިސާ 500.00ރ (ފައްސަތޭކަ ރުފިޔާ) އެކު 07 ފެބްރުވަރީ 2023 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން މިއިދާރާގެ މެއިލް އެޑްރެސް [email protected] އަށް މެއިލްކުރައްވާ، ބިޑްގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ބީލަމާއި ގުޅިގެން ސާފުކުރަންޖެހޭ އިތުރު އެއްވެސް މަޢޫލޫމާތެއް ނުވަތަ ސުވާލެއް ކުރައްވާނީ މަތީގައި ދެންނެވިފައިވާ ވަގުތުގެ ކުރިން މިއިދާރާގެ މެއިލް އެޑްރެސް [email protected] އަށް މެއިލް ކުރައްވައިގެން ނުވަތަ ކައުންސިލުގެ ނަންބަރ 6800708 ފޯނާއި ގުޅުއްވައިގެންނެވެ. ފައިސާ ޖަމާކުރަންޖެހޭ އެކައުންޓްގެ މައުލޫމާތު ބީލަން ރަޖިސްޓަރީ ކުރާ ފޯމުގައި ހިމެނިފައިވާނެއެވެ.

ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ފެބްރުވަރީ 2023 ވާ ބުދަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ. މިމަސައްކަތް ކުރުމަށް ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަވެސް ދެންނެވީމެވެ.

          މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

          03 ރަޖަބު 1444

          25 ޖެނުވަރީ 2023

25 ޖަނަވަރީ 2023
ހޯދާ