ދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ދ. އަތޮޅު ހޮސްޕިޓަލް ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ދ.އަތޮޅު ހޮސްޕިޓަލުން ކަނޑައަޅާ ސަރަހައްދުތަކެއް ކުނިކަހާ ފޮޅާ ސާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލެވޭ   ބީލަން ހުށަހެޅުމުގެ ދަޢުވަތު

ދ. އަތޮޅު ހޮސްޕިޓަލް ފޮޅާ ސާފުކޮށްދޭނެ  ފަރާތެއްހޯދަންބޭނުންވެއެވެ. ވިމާ މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް  ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ވާންވާނީ މި ޝީޓާއެކުގައިވާ ''މިނިމަމް ރިކުއަޔަމަންޓް'' އަށްވުރެއް ދަށް ނޫން ހުށަހެޅުމަކަށެވެ. ރިކުއަޔަރމަންޓްއަށްވުރެ ދަށްވެއްޖެނަމަ އަންދާސި ހިސާބު ބާޠިލު ކުރެވޭނެއެވެ.

1-މިބީލަންމުގައި ބައިވެރިވެވޭނީ 06 ފެބްރުއަރީ 2023 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ހޮސްޕިޓަލުގެ މީޓިން ރޫމަށް ދުރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

2-މި މަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރި ކުރެވިފައިވާ ފަރާތްރަކަށެވެ.

3- ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ  09 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ދ. އަތޮޅު ހޮސްޕިޓަލުގެ މީޓިން ރޫމްގައެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައެއްނުގަނެވޭނެއެވެ.

4-ބީލަންތައް ހުޅުވުން އޮންނަނީ ހުށަހަޅާ ފަރާތްތަކުގެ ހާޟިރުގައެވެ.

6-ބީލަމާގުޅޭ އެންމެހާ ލިޔެކިޔުންތައް އިޢުލާނާއިއެކު ގެޒެޓްގައި ޝާއިޢު ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ދ. އަތޮޅު ހޮސްޕިޓަލް

ދ. ކުޑަހުވަދޫ، ދިވެހިރާއްޖެ

ފޯން:    9656995 / 6760089      

އީ-މެއިލް: [email protected]

25 ޖެނުއަރީ 2023

25 ޖަނަވަރީ 2023
ހޯދާ