މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ޒޯން 1ގައި އައިލެންޑް ރިސޯސް ރިކަވަރީ ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތް- ލޮޓު 1،2 އަދި 3 ( ހއ.މާރަންދޫ، ހއ. އުލިގަމް،ހއ. މޮޅަދޫ، ހއ. ތަކަންދޫ، ހއ. މުރައިދޫ، ހއ. ދިއްދޫ، ހދ. ނޮޅިވަރަން، ހދ. ކުމުންދޫ، ހދ. ވައިކަރަދޫ، ހދ. މަކުނުދޫ، ހދ. ފިނޭ، ހދ. ހިރިމަރަދޫ، ހދ. ކުރިނބީ، ހދ. ނޭކުރެންދޫ، ށ. ބިލަތްފަހި، ށ. ފީވައް، ށ. ފޭދޫ، ށ.ކަނޑިތީމު، ށ. ޅައިމަގު އަދި ށ. ނޫމަރާ ) - އިސްލާޙުކޮށްފައި

ބީލަން ހުށަހެޅުމުގެ ދަޢުވަތު     

 

1. ދިވެހި ސަރުކާރަށް އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑެވެލޮޕްމަންޓް (އޮފިޑް) ލޯން އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ތިރީގައި މިވާ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

2. މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް ހައުސިންގ އިންފްރާސްޓަރަކްޗަރގެ އެދިލެއްވުމުގެ މަތިން ތިރީގައިވާ ތާވަލުގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިމިނިސްޓްރީން ކުރި ނަންބަރ  (IUL)13-K/13/2022/62އިއުލާނު ބާތިލުކޮށް، މި މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ރާއްޖެއާއި ރާއްޖޭންބޭރުގެ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.ޕްރޮކިއުމަންޓް ނަންބަރ ވަނީ އިސްލާޙުކޮށްފައެވެ.  

ޕްރޮކިއުމަންޓް ނަންބަރު

ޕްރޮކިއުމަންޓުގެ ނަން

ބިޑް ސެކިޔުރިޓީ ޢަދަދު ދިވެހި ރުފިޔާއިން (ނުވަތަ އެޢަދަދާ އެއްވަރުގެ ޢަދަދެއްގެ ޔޫ.އެސް.ޑޮލަރު(

TES/2023/W-006

ޒޯން 1ގައި އައިލެންޑް ރިސޯސް ރިކަވަރީ ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތް  (ހއ.މާރަންދޫ، ހއ. އުލިގަމް،ހއ. މޮޅަދޫ، ހއ. ތަކަންދޫ، ހއ. މުރައިދޫ އަދި ހއ. ދިއްދޫ) - ލޮޓް 1

70,000/-

TES/2023/W-007

ޒޯން 1ގައި އައިލެންޑް ރިސޯސް ރިކަވަރީ ސެންޓަރު ޤާއިމުކުރުމުގެ މަސައްކަ ތް (ހދ. ނޮޅިވަރަން، ހދ. ކުމުންދޫ، ހދ. ވައިކަރަދޫ، ހދ. މަކުނުދޫ، ހދ. ފިނޭ، ހދ. ހިރިމަރަދޫ އަދި ހދ. ކުރިނބީ ހދ.ނޭކުރެންދޫ) - ލޮޓް 2

88,000/-

TES/2023/W-008

ޒޯން 1ގައި އައިލެންޑް ރިސޯސް ރިކަވަރީ ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތް) ށ. ބިލަތްފަހި، ށ. ފީވައް، ށ. ފޭދޫ، ށ.ކަނޑިތީމު، ށ. ޅައިމަގު އަދި ށ. ނޫމަރާ( - ލޮޓް

60,000/-

3. މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

4. މި ބީލަން ކުރިއަށްގެންދާނީ ތިރީގައިވާ ބަޔާންކޮށްފައިވާ ޤަވާއިދާއި އުސޫލުތަކާއި އެއްގޮތަށެވެ.

ހ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު"

ށ. މިނިސްޓްރީ އޮފް ފިނޭންސްގެ "ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު"

ނ. މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑެވެލޮޕްމަންޓުގެ " ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ"

5. ކޮންމެ ބީލަމެއްގެ ބައިވެރިވުމަށް -/1500  (ފަނަރަ ސަތޭކަ) ދިވެހި ރުފިޔާ ނުވަތަ  100.00ޔޫ.އެސް. ޑޮލަރުގެ  ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ23 ޖަނަވަރީ 2023 އިން 23 ފެބުރުވަރީ 2023 އަށް، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެއެވެ.

6. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 23 ޖަނަވަރީ 2320 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. 

7. މި ޕްރޮޖެކްޓުތަކުގެ ބިޑްސެކިޔުރިޓީ މި އިޢުލާނުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޢަދަދަށް ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

8. މި ޕްރޮޖެކްޓުތަކާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2 ފެބުރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

9. ބީލަންތައް ހުޅުވުން އޮންނާނީ 28 ފެބުރުވަރީ 2023 ވާ އަންގާރަ ދުވަހުގެ 10:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

10. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން   : 3349296,(960)3349147 (960)

އީމެއިލް  : [email protected]

ކޮޕީ   :  [email protected]

25 ޖަނަވަރީ 2023
ހޯދާ