ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
ސީލިންގ މަރާމާތުކުރުން، ފެންތާނގީތައް ބަހައްޓާފައިހުރި ތަނުގެ ފުރާޅު ޓިނު ބަދަލުކުރުން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ނަންބަރު IUL)GS56/2014/29) އިޢުލާނުގައި ބައެއް މަޢުލޫމާތު އިތުރުކުރަން ބޭނުންވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

1. މަސައްކަތް:

ސްކޫލުގެ ބައެއް ތަންތާނގެ ސީލިންގ މަރާމާތުކުރުން، ފެންތާނގީތައް ބަހައްޓާފައިހުރި ތަނުގެ ފުރާޅުގެ ޓިނު ބަދަލުކުރުން.

2. މަސައްކަތުގެ ތަފުސީލު:

އޮފީސް އިމާރާތް

  •  ދެކޮޅުގެ ކުކުޅުވަހީގައި ޖަހާފައިހުރި 4 ނަލަފިލާ ނައްޓާލައި ލަކުޑިފަތި އަޅައި ސިމެންތި ނަލަފިލާ ޖެހުން.

ހޯލް އިމާރާތް

  • ދެކޮޅުގެ ކުކުޅުވަހީގައި ޖަހާފައިހުރި 4 ނަލަފިލާ ނައްޓާލައި ލަކުޑިފަތި އަޅައި ސިމެންތި ނަލަފިލާ ޖެހުން.

ތިން ކްލާސްރޫމް އިމާރާތް

  • އިރުމަތީކޮޅުގެ ކުކުޅުވަހީގައި ޖަހާފައިހުރި 2 ނަލަފިލާ ނައްޓާލައި ލަކުޑިފަތި އަޅައި ސިމެންތި ނަލަފިލާ ޖެހުން.

ދެ ކްލާސްރޫމް އިމާރާތް

  • ހުޅަނގުކޮޅުގެ ކުކުޅުވަހީގައި ޖަހާފައިހުރި 2 ނަލަފިލާ ނައްޓާލައި ލަކުޑިފަތި އަޅައި ސިމެންތި ނަލަފިލާ ޖެހުން.

ހަ ކްލާސްރޫމް އިމާރާތް

  • އިރުމަތީކޮޅުގެ ކުކުޅުވަހީގައި ޖަހާފައިހުރި 2 ނަލަފިލާ ނައްޓާލައި ލަކުޑިފަތި އަޅައި ސިމެންތި ނަލަފިލާ ޖެހުން.

އިމާރާތްތަކުގެ އަސްކަނީގެ ސީލިންގ މަރާމާތުކުރުން (އިރުމަތީފަރާތުގެ ފާޚާނާބަރިއާއެކު)

  • 2 ފޫޓު 4 ފޫޓުގެ 34 ގޮޅި
  • ސިމެންތިފިލާއިން ސީލިންގކޮށް ލަކުޑި ދަށުފަތި އެޅުން.

އިރުމަތީކޮޅުގެ ފެންތާނގީތައް ހިޔާކުރުން

  • މިހާރުހުރި ޓިނުތައް ނަގައި ލައިސާޓް އަކުއާވެރިން ނުވަތަ އެފެންވަރުގެ އެކުލައިގެ ޓިނުޖަހައި ފެންފަށް އެޅުން.

ފުރާޅުގެ މިންތައް: ދިގުމިން – 33 ފޫޓް

          ފުޅާމިން – 12 ފޫޓް

މަރާމާތުކުރި ތަންތާނގައި ކުލައާއި ދަވާދުލުން

  • ނަލަފިލާގައި 2 ކޯޓު ދަވާދުލުން. (މަޑުފެހިކުލަ)
  • ސީލިންގގައި ކުލަލުން. (ހުދުކުލަ)

ސިމެންތި ނަލަފިލާގެ މިންތައް (ފިލައެއްގެ) :  ދިގުމިން - 20 ފޫޓު

                          ފުޅާމިން – 9 އިންޗި

                          ބޯމިން – 3/10 އިންޗި

އަންދާސީހިސާބު ހައްދަވާއިރު އެކިބައިތަކަށް ވަކިވަކީން ހެއްދެވުން އެދެމެވެ.

މަސައްކަތަށް ބޭނުންކުރަންވާނީ ފެންވަރު ރަނގަޅު ސާމާނެވެ.

3. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް:

  ހ. އަގު ހުށަހަޅުއްވާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ.

  ށ. އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ.

4. ޕޮއިންޓް ދޭނެގޮތް:

  • 80 ޕޮއިންޓް އަގަށް: އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް
  • 10 ޕޮއިންޓް މުއްދަތަށް: އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް
  • 10 ޕޮއިންޓް ތަޖުރިބާ: ދައުލަތުގެ މުއައްސަސާތަކަށް މިފަދަ މަސައްކަތް ކޮށްދީ، އެންމެ ރަނގަޅަށް ޚިދުމަތް ފޯރުވައިދިނުމަށް އެންމެ ގިނަ ޕޮއިންޓް

5. ހުށަހަޅަންޖެހޭ ތަކެތި:

  ހ. ކުންފުންޏަކުން ނުވަތަ ޕާޓްނަރޝިޕަކުން ހުށަހަޅާނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ، އަދި ކުންފުނީގެ ޕްރޮފައިލާއި ޖީ.އެސް.ޓީ. އަށް ރަޖިސްޓަރީ ކުރިކަމުގެ ލިޔުމުގެ ކޮޕީ، އަމިއްލަ ފަރާތްތަކުން ހުށަހަޅާނަމަ މުއްދަތު ހަމަނުވާ އައި.ޑީ.ކާޑުގެ ކޮޕީ.

  ށ. ފާއިތުވެދިޔަ އަހަރުގެ ތެރޭގައި މިބާވަތުގެ ޚިދުމަތެއް ފޯރުވައިދީފައިވާ ފަރާތްތަކުން، ޚިދުމަތަކާ ގުޅޭގޮތުން ލިބިފައިވާ ލިޔުންތައް. (ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި މިބާވަތުގެ ލިޔުންތަކަށް އިސްކަންދެވޭނެއެވެ.)

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މަތީގައި ބަޔާން ކޮށްފައިވާ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން 22 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 11:00އަށް އަންދާސީހިސާބާއެކު ސްކޫލަށް ދުރުވެދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 7870146، 6600136 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

17 ޞަފަރު 1436

09 ޑިސެންބަރު 2014
ހޯދާ