މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރއިން ބޭއްވުމަށް ހަމަޖެހިފައިވާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް އޯރގަނައިޒްކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވިލޮޕްމަންޓް ޑިޕާރޓްމަންޓްއިން ބޭއްވުމަށް ހަމަޖަހިފައިވާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް އޯރގަނައިޒްކޮށް އެދިފައިވާ އެންމެހާ ހިދުމަތްތައް ފޯރުކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތުގެ "މައުލޫމާތު ޝީޓު" މި އިޢުލާނާއިއެކު ޑައުންލޯޑް ކުރެވޭ ގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން 29 ޖެނުވަރީ 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 31 ޖެނުވަރީ 2023 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00  ގެކުރިން[email protected]އަށް އީމެއިލްކޮށްދެއްވުން އެދެމެވެ.

 

ބީލަން ހުށަހަޅާނީ 01 ފެބްރުވަރީ 2023 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަން ހުޅުވުމަށްހަމަޖެހިފައިވަނީ 01 ފެބްރުވަރީ 2023 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި، މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

24 ޖަނަވަރީ 2023
ހޯދާ