ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި ރާއްޖެ ޓީވީ ގުޅިގެން ކުރިއަށް ގެންދާ "ރަން ތާޖު" ޤުރުއާން މުބާރާތާއި ގުޅޭ

            1444 ވަނަ އަހަރު މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި ރާއްޖެ ޓީވީ ގުޅިގެން "ރަން ތާޖު" ގެ ނަމުގައި ޤުރުއާން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ އެއްވަނައަށްދާ ފަރާތަކަށް 300000 (ތިންލައްކަ ރުފިޔާ) އިނާމު ކަނޑައަޅާފައިވާ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 23 މާރޗް 2023 އިން ފެށިގެން 28 އޭޕްރީލް 2023 ގެ ނިޔަލަށެވެ. މިއީ 16 އަހަރާއި 45 އަހަރާއި ދެމެދުގެ އުމުރުފުރާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގެ އޮޑިޝަންތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވަނީ ފެށިފައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވެސް ވަނީ ހުޅުވާލެވިފައެވެ. މި ސަރަހައްދުގައި އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 04 ފެބްރުއަރީ 2023 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން 13:00 އަށް ކުޅުދުއްފުށި ސިޓީގެ (އެން.އޯ.ސީ ހޯލް) ގައެވެ. ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށްވެސް މި ދެންނެވި ދުވަހުގައި ވަޑައިގެން ބައިވެރިވުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުވެލައްވާނަމަ 7992220 ނުވަތަ އާމިނަތު ރަޝީދާ 7916811 އަށް ގުޅުއްވުންއެދެމެވެ. މިމަޢުލޫމާތުތައް މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި ރާއްޖެ ޓީވީ ގެ ވެބްސައިޓް ތަކުންވެސް ލިބެން ހުންނާނެއެވެ.

އަދި މި މުބާރާތުގެ ޤަވާއިދު މި އިއުލާނާއިއެކު ޕަބްލިޝްކުރެވިފައިވާނެއެވެ.

 

24 ޖަނަވަރީ 2023
ހޯދާ