ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޙިފްޡްކޮށް ތަރާވީސް ނަމާދުކުރާނެ ފަރާތެއް ހޯދުމަށް

މި އިޢުލާންވަނީ 24 ޖަނަވަރީ 2023 10:27 ގައި ބާތިލް ކުރެވިފައެވެ.


1444 ވަނައަހަރު މިރަށު ހުކުރު މިސްކިތް (މަސްޖިދުލް ތަޢާވުން)ގައި އިމާމުވެ  ޙިފްޡުކޮށް  ތަރާވީސް ނަމާދު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެވެ.  މިކަމުގެ އުޖޫރައެއްގެ ގޮތުގައި ތަރާވީސް ނަމާދުކުރާ ކޮންމެ ރެއަކަށް -/400 ރުފިޔާ ލިބިލައްވާނެވެ. މިކަމަށް ހޮވޭ ފަރާތަކަށް ރަށަށް އައުމާއި ދިޔުމުގެ ދަތުރު ޚަރަދު ހަމަޖައްސައި ދެވޭނެވެ. އަދި ރަށުން ބޭރުގެ ފަރާތެއްނަމަ ކެއުމާއި ހުރުމުގެ އިންތިޒާމް ހަމަޖައްސައި ދެވޭނެވެ. ތަރާވީސް ނަމާދު ކުރާނެ އިމާމަކު ހޮވުމުގައި ބަލާނީ ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް އަދި ޤުރުއާން ކިޔެވުމުގެ ފަންނަށެވެ.  

             ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން، ސިޓީ އާއިއެކު ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ވަނަވަރު 31 ޖަނަވަރީ 2023 ވާ (އަންގާރަ) ދުވަހުގެ 12:00 ކުރިން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. މިއިދާރާ ހުޅުވިފައި ހުންނާނީ ހުކުރު، ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 10:00 އިން 12:00 އަށެވެ.   އަދި ތަރާވީސް ނަމާދު އިމާމުވެ ކޮށްދިނުމަށް އެދި  އެއްފަރާތެއް ވުރެން ގިނަ ފަރާތްތަކުން ކުރިމަތިލީ ނަމަ، މީހަކު ހޮވާނީ އިންޓަވިއު ކުރުމަށް ފަހުގައެވެ. މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އާއި، އިމްތިޙާނުކުރުން އޮންނީ 05  ފެބުރުވަރީ 2023 އިން، 09 ފެބުރުވަރީ 2023 އާއި ދެމެދުއެވެ.   

              މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާންކުރީމެވެ.

                      02 ރަޖަބު 1444     

                   24 ޖަނަވަރީ 2023   

24 ޖަނަވަރީ 2023
ހޯދާ