މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ހދ. ހަނިމާދޫގައި ހިނގަމުންދާ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިއުން

މި އިޢުލާންވަނީ 30 ޖަނަވަރީ 2023 08:04 ގައި ބާތިލް ކުރެވިފައެވެ.


                        މި މިނިސްޓްރީގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަމުގެ ތަފްޞީލު ތިރީގައި މިވަނީއެވެ.

  1. ނީލަން ކިޔަން ހަމަޖެހިފައިވާތަން :  ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ
  2. ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި:  30 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި
  3. ނީލަން ކިއުމަށް ހަމަޖެހިފައިވާ އުސޫލު:  ދުވަހު ނީލަމުގައި
  4. މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު: 3339205، 3339285، 6520076

                        މި އިޢުލާނާ އެކު ނީލަންކިޔާ ތަކެތީގެ މަޢުލޫމާތު (އަގާއެކު) އެއް ހީރަސް ކުރެވިފައި އެވަނީއެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަންވާނެއެވެ.

ވީމާ މި ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 30 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު ގައި ނީލަމުގައި ބައިވެރިވެވަޑައި ގަތުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަން އަންގައި އިޢުލާންކުރީމެވެ. 

 

                      01 ރަޖަބް 1444                        

                      23 ޖަނަވަރީ 2023                                

 

23 ޖަނަވަރީ 2023
ހޯދާ