މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުން އިމާރާތްކޮށްފައިވާ ރައްޔިތުންގެ ވިޔަފާރިގެ ސެޑްގެ ފިއުލްލައިން އެޅުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 `

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ         

     އުނގޫފާރު ، ދިވެހިރާއްޖެ                                           ނަންބަރު: IUL-303-MSS/303/2023/03           

އިޢުލާން

 މިކައުންސިލުން އިމާރާތްކޮށްފައިވާ ރައްޔިތުންގެ ވިޔަފާރިގެ ސެޑްގެ ފިއުލްލައިން އެޅުމަށް ބޭނުންވާ  ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                     

            މިކައުންސިލުން އިމާރާތްކޮށްފައިވާ ރައްޔިތުންގެ ވިޔަފާރިގެ ސެޑްގެ ފިއުލްލައިން އެޅުމަށް ބޭނުންވާތަކެތި ސަޕްލައި ކޮށްދިނުމަށް ސައުގުވެރިވެލައްވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 30 ޖަނަވަރީ 2022ވާ ހޯމަ ދުވަހުގެ 12:00 ގައި މިއިދާރާގައެވެ. މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 05 ފެބުވަރީ 2022 ވާ އާދިއްތަ ދުވަހުގެ 1:00 ގައި މިއިދާރާގައެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ރައްޔިތުންގެ ވިޔަފާރީގެ ފިއުލްލައިން އެޅުމަށް ބޭނުންވާ ތަކެތި ސަޕްލައި ކުރުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބު ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރައިގެ ބޭރުގައި އޮންނަން ވާނެއެވެ.      

 

 ތިރީގައި އެވަނީ  ރައްޔިތުންގެ ވިޔަފާރިގެ ފިއުލްލައިން އެޅުމަށް ބޭނުންވާ ތަކެތި ސަޕްލައި ކުރުމުގެ މަސައްކަތަށް މާކުސްދިނުމަށް ހަމަޖެހިފައިވާގޮތެވެ.

  1. ފިއުލްލައިން އެޅުމަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދިނުމަށް ހުށަހަޅާ އަގަށް (ހަތްދިހަ ފަސްމާކުސް)         
  2. ތަޖުރިބާ ފަންނީ ގާބިލްކަމަށް  (ފަސްމާކުސް)
  3. ހުށަހަޅާ މުއްދަތައް        (ދިހަމާކުސް)
  4. މާލީތަނަވަސް ކަމަށް       (ދިހަމާކުސް)

          ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

          01 ރަޖަބް 1444

         23 ޖަނަވަރީ 2023

 

23 ޖަނަވަރީ 2023
ހޯދާ