މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ދިވެހި ބަހުން އިނގިރޭސި ބަހަށް ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދުން

އިއުލާން

ދިވެހި ބަހުން އިނގިރޭސި ބަހަށް ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދުން

“ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު” އާއި “ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު” އާއި "ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު") އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު" މި  3 ޑޮކިއުމަންޓް ދިވެހިބަހުން އިނގިރޭސި ބަހަށް ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށާއި ޝައުގުވެރިކަން ފާޅުކުރެއްވުމަށް 2023 ޖަނަވަރީ 29 ގެ 13:00 ގެ ކުރިން [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ، 2023 ޖަނަވަރީ 31 ގެ 11:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ފެންބިލްޑިންގ 2 ވަނަ ފަންގިފިލާގައެވެ.

23 ޖަނަވަރީ 2023
ހޯދާ