ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ހޯނޑެއްދޫގައި އާންމު ދަނޑުވެރިކަންކުރާ ސަރަޙައްދު ނޫންތަންތާގައި ދަނޑުވެރިކަންކުރާ ބިންތަކާއި، ދަނޑުވެރިކަންކުރާ ސަރަޙައްދުގައިހުރި ހުސްބިންތަކުގައި ދަނޑުވެރިކަން ކުރުމާއިގުޅޭ:

ހޯނޑެއްދޫ ކައުންސިލުން ދަނޑުވެރިކަން ކުރުމަށްޓަކައި ކަނޑައަޅާފައިވާ ސަރަޙައްދު ފިޔަވައި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަނެއްގައި ކައުންސިލްގެ ހުއްދަނެތި އެއްވެސް ފަރާތަކުން ދަނޑުވެރިކަން ކުރުމަކީ "ގދ.ހޯނޑެއްދޫއިން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމުގެ އުޞޫލު" ގެ ދަށުން މަނާކަމެކެވެ. އެހެންނަމަވެސް، މިހާރަކަށްއައިސް ބައެއް ފަރާތްތަކުން ކައުންސިލްގެ ހުއްދަ ހޯދުމެއްނެތި އެފަދަ ތަންތާގައި ދަނޑުވެރިކަން ކުރަމުން ގެންދާކަން ކައުންސިލަށްވަނީ ފާހަގަކުރެވިފައެވެ. އެހެންކަމަށްވުމާއިއެކު، މިއަދުން ފެށިގެން 3 މަސްދުވަހުގެ މުއްދަތުގެ ތެރޭގައި އެފަދަ ތަންތާގައި އަމިއްލައަށް ކޮށްފައިވާ ދަނޑުގޮވާންތައް ނައްތައި ތަން ސާފުކުރުމަށް އާންމުކޮށް އަންގަމަވެ. އަދި އެފަދަ ތަނެއްގައި ކައުންސިލްގެ ހުއްދަ ނުހޯއްދަވައި އެއްވެސް ފަރާތަކުން ދަނޑުވެރިކަން ނުކުރުމަށްވެސް ނަޞޭޙަތްތެރި ވަމެވެ.

އަދި ހަމައެއާއިއެކު، ހޯނޑެއްދޫ ދަނޑުވެރިކަންކުރާ ސަރަޙައްދުގައިހުރި ހުސްބިންތަކުގައި ބައެއް ފަރާތްތަކުން ދަނޑުވެރިކަން ކުރަމުންގެންދާކަން ކައުންސިލަށް ފާހަގަކުރެވިފައިވާތީ، އެފަދަ ބިންތަކުގެ ރަޖިސްޓްރީ ނުކުރެވޭހާ ހިނދަކު އެއްވެސް ފަރާތަކުން އެފަދަ ބިންތަކުގައި ދަނޑުވެރިކަން ނުކުރުމަށްވެސް އަންގަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                     

22 ޖަނަވަރީ 2023
ހޯދާ