ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަޠު

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.  

މަޤާމު

ކައުންސިލް އެގްޒެކްޓިވް

 

މަޤާމުގެ ނަމްބަރު:

J-374295

 

ބޭނުންވާ ޢަދަދު:

01 (އެކެއް)

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކް:

އީ.އެކްސް 1

 

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ / ފ. ދަރަނބޫދޫ

 

މުސާރަ:

-/8,835 ރުފިޔާ

 

ސާރވިސް އެލަވަންސް:

-/2،000 ރުފިޔާ

 

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/1,100 ރުފިޔާ ( މަހަކު )

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުން ތަންފީޒު ކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒު ކުރުމާ ގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކެރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން
  3. ކައުންސިލްގެ އިދާރާގެ އެންމެހައި އިދާރީ އަދި ފަންނީ މަސައްކަތްތައް ކައުންސިލާއި، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން.
  4. ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ކައުންސިލާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން.
  5. މިނިސްޓްރީތަކުންނާއި، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަތޮޅު ނުވަތަ ރަށު ފެންވަރުގައި ފޯރުކޮށްދިނުމަށް ކަނޑައަޅާ ޚިދުމަތްތައް ކައުންސިލް އިދާރާ މެދުވެރިކޮށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން
  6. ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތްކުރުމާއި، އެފަދަ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުމާއި އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  7. ޤައުމީ ތަރައްޤީގެ ޕްލޭން / އެކްޝަން ޕްލޭނުގެ ދަށުން ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުމާއި މަސައްކަތްތައް ކުރިޔަށްދާގޮތުގެ ސްޓޭޓަސް ރިޕޯޓް ހަމަޖެހިފައިވާ އުޞޫލުތަކުގެ ތެރެއިން ކަމާބެހޭ ފަރާތްތަކާއި ޤަވާޢިދުން ޙިއްޞާކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  8. ރަށުގެ ތަރައްޤީއަށްޓަކައި ހިންގުމަށް ރޭވޭ އެކި މަޝްރޫޢުތައް ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ތައްޔާރުކުރަންޖެހޭ ޕްރޮޕޯސަލްތައް ތައްޔާރުކުރުމާއި، އެފަދަ ޕްރޮޕޯސަލްތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، އެހީ ހޯދުމުގެ މަސައްކަތްތައް ޤާނޫނާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ހުދޫދުތަކުގެ ތެރެއިން ކުރުން.
  9. ކައުންސިލްގެ އިދާރާއިން ބަލަހައްޓަންޖެހޭ ތަފާސް ހިސާބާއި މަޢުލޫމާތު ބެލެހެއްޓުމުގެ މަސައްކަތް ރާވައި، ހިންގައި ބެލެހެއްޓުން.
  10. ކައުންސިލުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށާއި އިދާރާތަކަށް ފޮނުވަންޖެހޭ ޕީރިއަޑިކް ރިޕޯޓުތައް ގަވާއިދުން ފޮނުވުމުގެ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން.
  11. ކައުންސިލްގެ ބޭނުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި ރިޕޯޓްތައް އެކުލަވާލުމާއި ބެހޭ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން.
  12. ސެކްޝަނުގެ މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކުރުމާއި، މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އަދި މުވައްޒަފުންނަށް ފަހި، އަމާން އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ޤާއިމުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން.
  13. ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދުތަކާއި އުޞޫލުތަކުގެ ދަށުން ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނާއި ގުޅޭ ކަންކަން ބެލެހެއްޓުމުގައި ސެކްރެޓަރީ ޖެނެރަލަށް އެހީތެރިވެދިނުން
  14. ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅޭ އަދި އިދާރާގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ތައްޔާރުކުރަންޖެހޭ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކާއި، އުޞޫލުތަކާއި، މިންގަނޑުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގެ މަސައްކަތް ރާވައި، ހިންގައި ބެލެހެއްޓުން.
  15. ކައުންސިލްގެ އިދާރާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަވަސް ޚިދުމަތްދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން.
  16. ކައުންސިލާއި، ސެކްރެޓަރީ ޖެނެރަލްގެ އިރުޝާދުގެ މަތިން ރަށުގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ އެއްބާރުލުން ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން
  17. ދަރަނބޫދޫ ކައުންސިލުން ނީލަން ކިޔަންޖެހޭ ތަކެތީ ކަންތައްތައް ބަލަހައްޓައި ކަމާ ބެހޭ މުވައްޒަފުން މެދުވެރިކޮށް ކުރުވުން.
  18. އިކޮނޮމިކް، ސޯޝިއަލް ، މުނިސިޕަލް އަދި ޕްރޮޖެކްޓްގެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުން

 

މަޤާމުގެ ޝަރުތުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 09 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމްގެ މަސައްކަތުގެ ދާއިރާއެއްގައި 02 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 07 ނުވަތަ 08 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމްގެ މަސައްކަތުގެ ދާއިރާއެއްގައި 04 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
  3. މަޤާމުގެ ތަޢުލީމީ ރޮނގުތައް:

އެޑްމިނިސްޓްރޭޝަން، މެނޭޖުމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖުމަންޓް، ބިޒުނަސް އެޑްމިނިސްޓްރޭޝަން، ބިޒުނަސް މެނޭޖުމަންޓް، ކައުންސިލް އެޑްމިނިސްޓްރޭޝަން، އޮފީސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް، ކޮމަރސް، ޕްރޮޖެކްޓް މެނޭޖުމަންޓް، ޕަބްލިކް ޕޮލިސީ، ޕޮލިސީ ސްޓަޑީސް، ގަވަރނަންސް، ލޯކަލްގަވަރނަންސް، ސޯޝަލް ސައިންސް، ސޯޝިއޮލޮޖީ، ސޯޝަލް ވަރކް، އެންތްރޮޕޮލޮޖީ، ޑިމޮގްރަފީ، ސްޓެޓިސްޓިކްސް،އިކޮނޮމިކްސް، ޕޮލިޓިކަލް ސައިންސް، އިންޓަރނޭޝަނަލް ރިލޭޝަންސް، ޑިވެލޮޕްމަންޓް ސްޓަޑީސް، ކޮމިއުނިޓީ ޑިވެލޮޕްމަންޓް، ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް، ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް، ހިއުމަން ރިސޯރސް، އެކައުންޓިންގ، ފައިނޭންސް، ލޯ، ޝަރީޢާ އެންޑް ލޯ، ޕަބްލިކް ރިލޭޝަންސް، މާރކެޓިންގ، ކޮމްޕިއުޓަރ ސައިންސް، އިންފޮރމޭޝަން ޓެކްނޮލޮޖީ، ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް، އެގްރިކަލްޗަރ ސައިންސް، މެރިން ސައިންސް، އެންވަޔަރަންމެންޓަލް ސައިންސް، އަރބަން ސްޓަޑީސް، އަރބަން ޕްލޭނިންގ، އާކިޓެކްޗަރ، ސިވިލް އިންޖިނިއަރިންގ، ލައިބްރަރީ ސައިންސް، ކަލްޗަރ އެންޑް ހެރިޓޭޖް، ސްޕޯރޓްސް މެނޭޖްމަންޓް، ލީޑަރޝިޕް. (ލިންކު: shorturl.at/hEMSU )

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ޕަބްލިކް އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސާވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސާވިސް ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންޓަރުން، އަދި ދަރަނބޫދޫ ކައުންސިލް އިދާރާގެ ކައުންޓަރުންލިބެންހުންނާނެއެވެ. އަދި ތިރީގައި މިވާ ލިންކުން ފޯމް ޑައުންލޯޑްކުރެވޭނެއެވެ. (ލިންކް: shorturl.at/eOST9)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައިޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަން ދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  4. ސިވިލް ސާވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވެލް ކަނޑައަޅައި، ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ސެޓްފިކެޓް ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތު ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިސް ސާވިސްގެ ވަޒީފާއެއްގައި، ދަޢުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭނެ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލްސާވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށް ދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަސް އަދި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާއަދާ ކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާ ކޮށްފައިވާނަމަ، އަދާ ކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭނެ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގައި ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭނެ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. މިލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެ އެވެ.

(ބ) ދައުލަތުގެ އުވާލާފައިވާ އިދާރާއެއްގައި ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްއިއްޔާ/ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭނެ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެން ނެތްނަމަ، ރެކްރޫމަންޓް އުސޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭ ފަރާތުގެ ރެފަރެންސް ޗެކް ފޯމު"

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުޠު ހަމަވުން  %30
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް %5
  3. ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށްދެވޭ ޕޮއިންޓް %5
  4. އަސާސީ ސަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5
  5. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)
  6. ޕްރެޒެންޓޭޝަން
  7. އިންޓަރވިއު %30

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 ފެބްރުވަރީ 02  ވަނަ ދުވަހުގެ 13:30 ގެ ކުރިން ފ. ދަރަނބޫދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން، ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއާއި، ޕްރެކްޓިކަލްސް އަދި ޕްރެޒެންޓޭޝަން އޮންނާނީ 2023 ފެބްރުވަރީ 09 ން 18 އާއި ދެމެދު، ފ. ދަރަނބޫދޫ ކައުންސިލް އިދާރާ ނުވަތަ މިއިދާރާއިން ކަނޑައަޅާ ސަރުކާރުގެ އިދާރާއެއްގައެވެ.

 

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2ފޯމު) އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 03 ( ތިނެއް ) ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކޮށް ފެންނާނެހެން މި އިދާރާއާއި، ނޯޓިސްބޯޑުތަކާއި، އިދާރާގެ ސޯސިއަލް ޕްލެޓްފޯމްތަކުގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ޝަކުވާއެއް އޮތްނަމަ، A2 ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 03 ( ތިނެއް ) ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ދަރަނބޫދޫ ކައުންސިލަށް ހުށަހަޅަންވާނެއެވެ.

 

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި މި އިދާރާގެ ނަމްބަރު 6740015 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާއި ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސާވިސް ކޮމިޝަނުގެ ވެބްސައިޓުގެ ޑައުންލޯޑްސްގެ "ޢައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http:www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

19 ޖަނަވަރީ 2023
ހޯދާ