ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ބަނޑިދޫ ވޮލީކޯޓުގެ ޓާފް، ލައިޓް ޕޯސްޓްތައް އިންސްޓޯލްކުރުމާއި ވޯކްވޭ މަސައްކަތްކުރާނެ ފަރާތެއް ހޯދުން

  ދ. ބަނޑިދޫ އައުޓްޑޯރ ވޮލީކޯޓްގެ ޓާފް، ލައިޓް އަދި ލައިޓް ޕޯސްޓްތައް އިންސްޓޯލްކުރުމާއި އަދި ވޯކްވޭ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 29 ޖަނަވަރީ 2023 ވަނަ ދުވަހުގެ 11:00 ގެ ކުރިން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ކަނޑައެޅިފައިވާ ތާރީޚަށް ބިޑްގައި ބައިވެރިވުމަށް އެދި މިކައުންސިލްގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. މި އިޢުލާނާއި ގުޅިގެން ބިޑް ހުށަހެޅުއްވޭނީ ވިޔަފާރީ ރަޖިސްޓްރީ ކުރުމުގެ ޤާނޫންގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރެޖިސްޓަރކޮށްފައިވާ ފަރާތްތަކަށެވެ.

 މި އިޢުލާނާއި ގުޅިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ 9 ފެބްރުއަރީ 2023 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި، މިކަމަށް އެދި ހުށަހަޅާ ހުރިހާ ފަރާތެއްގެ އެއް ހާޒިރުގައި ބަނޑިދޫ ކައުންސިލްގެ އިދާރާގައެވެ. އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން 29 ޖަނަވަރީ 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން މޮބައިލް ނަންބަރ 7992129/9650005 އަށް ގުޅައިގެން ނުވަތަ މިކައުންސިލްގެ އީ-މެއިލް [email protected]   އަށް މެއިލްކޮށްގެން މައުލޫމާތޫ ސާފުކުރުމަށް ދަންނަވަމެވެ. މިހެންވެ، މިކަން އާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

22 ޖަނަވަރީ 2023
ހޯދާ