ދަރަނބޫދޫ ސްކޫލް
ދިވެހިރާއްޖެ
ކުނި އުކައިދޭނެ ފަރާތެއް ހޯދުން

މިސްކޫލްގައި އުފެދޭ ކުނި މަހު ކުއްޔަށް (2023 ފެބްރުއަރީ 01 އިން 2023 ޑިސެމްބަރ 31 ގެ ނިޔަލަށް) އުކާލަދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ކުރިމަތި ލައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2023 ޖަނަވަރީ 29 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2023 ޖަނަވަރީ 31 ވާ އަންގާރަ ދުވަހުގެ 13:00 ގައި އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށް އެކަންޏެވެ.

މިކަމަށް އެދި ހުށަހަޅަން ޖެހޭ ފޯމް މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށް ދޫކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް މިސްކޫލްގެ ނަންބަރ 7952911 އާ ގުޅުންވުން އެދެމެވެ.

22 ޖަނަވަރީ 2023
ހޯދާ