ޣާޒީ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ސްކޫލުގެ މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި ސްކޫލުގެ ބައެއް މަރާމާތުތައް ކުރަން ބޭނުންވެގެން ކުރެވުނު އިޢުލާން GZS/2014/53 އަށް ބިޑް ހުށަހެޅުއްވި ފަރާތްތަކުގެ ބިޑްތައް ފުރިހަމަނުވާތީ، އެއިޢުލާނު ބާޠިލު ކުރުމަށްފަހު، އަލުން އިޢުލާނު ކުރީމެވެ.

މި ސްކޫލުގެ ތިރީގައި މިދަންނަވާ މަސަތްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

1- 10 ކުލާސްރޫމުގެ ސީލިންގ އުސްކުރުން.

2- ބައެއް ފާޚާނާ މަރާމާތުކުރުން.

3- ސީލިންގ މަރާމާތުކުރުން.

4- ގޯތިތެރޭގައި ވަޅެއް ބަހައްޓައިގެން ފެންނެގޭނެ ނިޒާމެއް ޤާއިމުކުރުން.

5- ސްކޫލުގެ ހުޅަނގުފަރާތަށް ނޯޓިސްބޯޑެއް ހަދައި ހަރުކުރުން.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް 18 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 1:00 އަށް މި ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި މި ސްކޫލަށް ބިޑް ހުށަހަޅުއްވާނީ 22 ޑިސެންބަރު 2014ވާ ހޯމަ ދުވަހުގެ 1:00 އަށެވެ. ބިޑް ހުށަހަޅުއްވާއިރު ކޮންމެ މަސައްކަތަކަށް ވަކިވަކިން އަގު ހުށަހެޅުއްވުން އެދެމެވެ.

08 ޑިސެންބަރު 2014
ހޯދާ