މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                         ނަމްބަރ:331/331/2023/9(IUL)

 

އިޢުލާން

 

 

އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

 

މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                 މިމަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 2023 ޖެނުއަރީ 25 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި މިކައުންސިލްގެ އިދާރާގައެވެ. އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2023 ޖެނުއަރީ 29 ވަނަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާގައެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤްވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

19 ޖަނަވަރީ 2023
ހޯދާ