އެމް.އެން.ޔޫ. ބިޒްނަސް ސްކޫލް
ދިވެހިރާއްޖެ
ޕާރޓްޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ

އިޢުލާން

ޕާރޓްޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ

އެމް.އެން.ޔޫ ބިޒްނަސް ސްކޫލް / މާލެ، ދިވެހިރާއްޖެ

އެމް.އެން.ޔޫ މާލެ، ސ. ހިތަދޫ، ގދ. ތިނަދޫ އަދި ހދ. ކުޅުދުއްފުށި ގައި ކިޔަވައިދެއްވާނެ ޕާރޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ.

ދާއިރާ:

Accounting and Finance

Management

Human Resource Management

 

ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިގުރީ ނުވަތަ މާސްޓާރސް ލެވެލް ހާސިލްކޮށްފައިވުން

އުޖޫރަ:

100 ނުވަތަ އެއަށްވުރެދަށް ލެވެލްގެ މާއްދާއެއް ނަމަ، ކިޔަވައިދެއްވާ ކޮންމެ ގަޑިއިރަކަށް -/200 ދިވެހިރުފިޔާ

200 ލެވެލްގެ މާއްދާއެއް ނަމަ، ކިޔަވައިދެއްވާ ކޮންމެ ގަޑިއިރަކަށް -/225 ދިވެހިރުފިޔާ

400-300 ލެވެލްގެ މާއްދާއެއް ނަމަ، ކިޔަވައިދެއްވާ ކޮންމެ ގަޑިއިރަކަށް -/275 ދިވެހިރުފިޔާ

 500 ނުވަތަ އެއަށްވުރެމަތީ ލެވެލްގެ މާއްދާއެއް ނަމަ، ކިޔަވައިދެއްވާ ކޮންމެ ގަޑިއިރަކަށް -/500 ދިވެހިރުފިޔާ

މީގެ އިތުރަށް މާރކުކުރާ އެސައިންމަންޓް ތަކަށާއި، އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.

ސިޓީ އާއި އެކު ހުށައަޅަންޖެހޭ ތަކެތި

1-ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

2-ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3- ވަޒީފާއަށް އެދޭ ފޯމް (ލިންކް:https://forms.gle/Js49hDW8bPXbrCFE6 )

4-ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

އިތުރު މަޢުލޫމާތު

- ކުލާސްތައް އޮންނާނީ 2023 އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޖުލއި މަހަށް ކަނޑައެޅޭ ތާވަލާ އެއްގޮތަށެވެ.

-މާލެއިން އެހެން ރަށްތަކަށް ވަޑައިގަންނަވާ ބޭފުޅުންގެ ކުލާސްތައް އޮންނާނީ ބުލެންޑެޑް މޯޑަށެވެ. އެއީ ފޭސްޓްފޭސް މޯޑުގެ އިތުރުން އޮންލައިން ކޮމްޕޯނަންޓެއް ހިމެނިގެންނެވެ. ކޮންމެ މާއްދާއަކަށް މަދުވެގެން 4 ދަތުރު ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.

- މާލެއިން ނޫނީ އެހެން ރަށަކުން ދަތުރުކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅުންގެ ދެކޮޅު ޓިކެޓު، ހުރުން އަދި ކެއުން ޔުނިވަރސިޓީއިން ހަމަޖައްސައިދޭނެއެވެ.

-މިމަޤާމްތަކަށް މީހުން ހޮވުމުގައި މިދާއިރާތަކުން ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މި އިއުލާނަށް ކުރިމަތިލާ ފަރާތްތަކުން މިސްކޫލްގެ ދެވަނަ ޓާރމްއަށް ޕާރޓް ޓައިމް ލެކްޗަރަރ އިން ހޮވުމަށް ކުރާ އިއުލާނަށް އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެއެވެ.

-އިތުރު މަޢުލޫމާތު ބޭނުންފުޅު ނަމަ މި ސްކޫލުގެ ނަމްބަރު 3345480 ފޯނާ ގުޅުއްވުން އެދެމެވެ.

 

ސުންގަޑި

24 ޖަނަވަރީ 2023، 14:00

19 ޖަނަވަރީ 2023
ހޯދާ