ތާޖުއްދީން ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

މަޤާމު:                މަސައްކަތު

ބޭނުންވާ އަދަދު:          1

ކްލެފިކޭޝަން  އަދި ރޭންކް:   އެސް.އެސް. 1 (ސަޕޯޓް ސަރވިސް)

ފެންވަރު ނުވަތަ ޝަރުޠު: 

1- ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.

މުސާރަ:              -/3100ރ

ސަރވިސް އެލަވަންސް:     -/1000ރ

އިތުރުގަޑީގެ ފައިސާ:      އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުން:  މި މަޤާމަށް މުއައްޒަފަކު ހޮވުމުގައި އިސްކަންދޭނީ ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހާޒިރީއާއި މަސައްކަތަށް ފަރުވާބަހައްޓާ ފަރާތްތަކެވެ.

ކުރަންޖެހޭ މަސައްކަތް: ސްކޫލްތެރެ ސާފުތާހިރުކޮށް ބެލެހެއްޓުން، ކުލާސްތައް ސާފުކުރުން، ދަރިވަރުންނާ މުވައްޒަފުންގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން. 

- ހުށަހަޅަންޖެހޭ ތަކެތި: 

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ސްކޫލް ކައުންޓަރުންނާއި ސްކޫލް ވެބްސައިޓުން thaajuddeenschool.edu.mv ލިބިވަޑައިގަންނަވާނެއެވެ)
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރަށް ބަލައި ތައްގަނޑުޖަހާފައިވާ ލިއުމުގެ ކޮޕީ)
  • ސިވިލް ސަރވިސް އަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމަށް އެއްބަސްވުމެއް އޮތް މުވައްޒަފުން، މި ވަޒީފާއަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ތަޖުރިބާގެ ލިއުންތަކާއި ލިބިފައިވާ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެހާއެކު)

ވަޒީފާ އަދާކުރަންޖެހޭ ތަން:  ތާޖުއްދީން ސްކޫލް

ވަޒީފާއަށް މީހުންހޮވުމަށް ކުރެވޭ އިންޓަރވިއު: މި އިޢުލާނަށް ކުރިމަތިލާ ފަރާތްތަކުގެ އިންޓަރވިއު / ޕްރެކްޓިކަލް އޮންނާނީ އިޢުލާނަށް މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި ތާޖުއްދީން ސްކޫލުގައެވެ.

ސުންގަޑި: މަޤާމަށް އެދިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 16 ޑިސެންބަރު 2014 ދުވަހުގެ މެންދުރުފަހުގެ 2:30 ގެ ކުރިން ސްކޫލް އޮފީހަށް ވަޒީފާއަށް އެދޭ ފޯމު މަތީގައި ދެންނެވިފައިވާ ލިޔުންތަކާއެކު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް: 3317318 ނަންބަރާ ގުޅުއްވުން އެދެމެވެ.

04 ޑިސެންބަރު 2014
ހޯދާ