ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ އޮޑިޓް އެގްޒެކެޓިވް

މަޤާމު:

ސީނިއަރ އޮޑިޓް އެގްޒެކެޓިވް

މަޤާމުގެ ނަންބަރު:

CSC-J-364086

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

CSC5-1

މަޤާމުގެ ކްލެސިފިކޭޝަން:

ސީ.އެސް.ސީ ޕްރޮފެޝަނަލްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ސިވިލް ސަރވިސް ކޮމިޝަން / ކ. މާލެ

މުސާރަ:

މަހަކު -/9890 ރުފިޔާ

ސަރވިސް އެލެވަންސް:

ހާޟިރުވާ ދުވަހަކަށް -/188 ރުފިޔާ

ކޮމިޝަން އެލަވަންސް:

މަހަކު 3461.50 ރުފިޔާ (އަސާސީ މުސާރައިގެ %35)

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނުން ކުރާ މައިގަނޑު މަސައްކަތް

ސިވިލް ސަރވިސްގެ އިދާރާތަކުގައި ކުރުމަށް ކަނޑައަޅާ ކޮމްޕްލަޔަންސް އޮޑިޓް، ޚާއްޞަ އޮޑިޓް، ސްޕޮޓް ޗެކް އަދި އޮޑިޓް ރިވިއު ކުރުމާގުޅޭ އެންމެހައި ކަންތައްތައް ކޮމިޝަނުން ނިންމާ ގޮތެއްގެ މަތިން ކުރިޔަށް ގެންދިއުން.

މަޤާމުގެމައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސިވިލް ސަރވިސްގެ އިދާރާތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ކުރުމާގުޅޭ އެންމެހައި ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.
  2. ކޮމްޕްލަޔަންސް އޮޑިޓް ކުރުމާގުޅޭ ޕޮލިސީތަކާއި ގަވާއިދުތައް އެކުލަވާލުމާއި، އަދި ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  3. ސިވިލް ސަރވިސްގެ އިދާރާތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްތައް އެކުލަވާލުމަށް ފަހު، ކޮމިޝަނަށް ހުށަހަޅައި ނިންމާގޮތެއްގެ މަތިން ކަމާބެހޭ އިދާރާތަކަށް ރިޕޯޓް ފޮނުވައި ނިންމުންތައް ތަންފީޒުކުރަން އެންގުމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  4. ކޮމްޕްލަޔަންސް އޮޑިޓް / ޚާއްޞަ އޮޑިޓް އަދި ސްޕޮޓް ޗެކް ޓީމްތަކުގެ އިދާރީ އެންމެހައި ކަންތައްތައް ރާވައި، ހިންގައި، ބެލެހެއްޓުން.
  5. ކޮމްޕްލަޔަންސް އޮޑިޓަށް ފާހަގަކުރެވޭ ކަންތައްތަކުގެ ތެރެއިން ކޮމިޝަނުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންތައްތައް ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމާއި އިދާރީގޮތުން އެ ކަންކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގައި ބެލެހެއްޓުން.
  6. ކޮމްޕްލަޔަންސް އޮޑިޓް ކުރުމުގައި ފާހަގަކުރެވޭ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު ހިންގުމުގައި ދިމާވާ ދަތިތައް ހޯދައި، ގަވާއިދާއި އުސޫލުތަކަށް ގެންނަން ފެންނަ އިސްލާހުތަކާގުޅޭ މައުލޫމާތު ކޮމިޝަނަށާއި، ކަމާބެހޭ ކޮމިޝަނުގެ އިދާރާގެ ސެކްޝަންތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން.
  7. ކޮމްޕްލަޔަންސް އޮޑިޓް ކުރެވުނު އިދާރާތަކުގެ އޮޑިޓް ރިޕޯޓްތަކުން ފާހަގަކުރެވުނު މައްސަލަތައް ޙައްލުކުރުމަށް ދެވިފައިވާ މުއްދަތުތަކަށް ކަންކަން ނިންމާފައިވޭތޯ ބަލައި، ރިވިއުކުރުމުގެ މަސައްކަތްތައް ރާވާ ހިންގައި ބެލެހެއްޓުން
  8. ދިވެހި ސިވިލް ސަރވިސްގެ އިދާރާތަކުގެ އިންސާނީ ވަޞީލަތްތަކުގެ ޙާލަތު ދެނެގަތުމާއި ކަނޑައަޅާފައިވާ މެންޑޭޓް ޙާޞިލްކުރެވޭ މިންވަރު ދެނެގަތުމަށް ހިއުމަން ރިސޯސް އޮޑިޓްކުރުމަށް ކޮމިޝަނުން ނިންމައިފި ނަމަ، ހިއުމަން ރިސޯސް އޮޑިޓްކުރާނެ މިންގަނޑުތަކާއި އުޞޫލުތައް އެކުލަވާލުމާއި، އެ އާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  9. ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ނުވަތަ ކޮމިޝަނުން ނިންމާ ނިންމުމަކާ ގުޅިގެން ކުރަންޖެހޭ "ޚާއްޞަ އޮޑިޓް" ކުރާނެ އުޞޫލުތައް އެކުލަވާލުމާއި، ދިވެހި ސިވިލް ސަރވިސްގެ އިދާރާތަކުގައި "ޚާއްޞަ އޮޑިޓް" ކުރުމާއި، ރިޕޯޓް އެކުލަވާލުމާއި، ކޮމިޝަނާއި އެ އިދާރާއަކާ ޙިއްސާކުރުމާއި ޚާއްޞަ އޮޑިޓާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  10. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ނުވަތަ ކޮމިޝަނުން ނިންމާ ނިންމުމަކާ ގުޅިގެން ނުވަތަ ބޭނުންވެއްޖެ ޙާލަތެއްގައި "ސްޕޮޓް ޗެކް" ކުރާނެ މިންގަނޑުތަކާއި އުޞޫލުތައް އެކުލަވާލުމާއި، ދިވެހި ސިވިލް ސަރވިސްގެ އިދާރާތަކުގައި "ސްޕޮޓް ޗެކް" ކުރުމާއި، ރިޕޯޓް އެކުލަވާލުމާއި، ކޮމިޝަނާއި އެ އިދާރާއަކާ ހިއްސާކުރުމާއި ސްޕޮޓްޗެކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  11. ސެކްޝަނުން ހިންގާ އޮޑިޓްގެ މަސައްކަތްތައް ހިނގައިދިޔަ ގޮތާއި، އެ ކަމުގައި ފާހަގަކުރެވޭ ކަންތައްތަކުގެ މައްޗަށް ބަލައި އަހަރީ ރިޕޯޓެއް އެކުލަވާލައި، ކޮންމެ އަހަރެއް ނިމުމުން ކޮމިޝަނަށް ހުށަހެޅުމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  12. ސެކްޝަން ހިންގުމުގެ މަސައްކަތް ޑިވިޝަން ހެޑްގެ ލަފާގެ މަތިން ރާވައި ހިންގުން.
  13. ސެކްޝަނުގެ މަސައްކަތް ރާވައި ހިންގުމަށް ބޭނުންވާ އެންމެހާ އުޞޫލްތައް، ސްޓޭންޑަރޑް އޮޕަރޭޝަން ޕްރޮސީޖަރސް (އެސް.އޯ.ޕީ) އަދި ގައިޑްލައިންތައް މަސައްކަތްކުރާ މުވައްޒަފުންނާ ގުޅިގެން ޑިވިޝަން ހެޑްގެ ލަފައާއި އިރުޝާދުގެ ދަށުން ތައްޔާރުކުރުން އަދި ރިވިއުކުރުން.
  14. އެނުއަލް ވަރކްޕްލޭން ތައްޔާރުކުރުން އަދި އެއާ އެއްގޮތްވާ ގޮތުގެމަތިން މަސައްކަތްތައް މުވައްޒަފުންނާ ހަވާލުކޮށް، ހަރަކާތްތަކުގައި ޓައިމްލައިން ކަނޑައަޅައި، އެ ޕްލޭންއާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށްގެންދިޔުން
  15. އެނުއަލް ވަރކްޕްލޭން އާ އެއްގޮތްވާ ގޮތުގެ މަތިން ސެކްޝަނުގެ ބަޖެޓް ތައްޔާރުކޮށް، މަސައްކަތްތައް ކުރިޔަށް ގެންދިޔުން
  16. ސެކްޝަނުން ކުރިޔަށްގެންދާ މަސައްކަތްތައް މޮނިޓަރކޮށް، ރިވިއުކޮށް ބަދަލުގެންނަން ޖެހޭ ކަންކަން ފާހަގަކޮށް، އެ ބަދަލުތަކާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށްގެންދިޔުން
  17. ސެކްޝަނުން ކޮމިޝަނުގެ ނިންމުންތައް ތަންފީޒުކުރަމުންދާ މިންވަރުގެ މައްޗަށް ކުއާރޓަރލީ ރިޕޯޓެއް އެކުލަވާލައި ސެކްރެޓަރީ ޖެނެރަލްއާ ޙިއްޞާކުރުން.
  18. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި، ސެކްޝަނުގެ މުވައްޒަފުންގެ ޕަރފޯމަންސް ޓާގެޓްތައް ކަނޑައެޅުން އަދި  ޕަރފޯމަންސް އެޕްރެއިސަލް ފުރިހަމަކުރުން.
  19. ސެކްޝަނަށް އަލަށް ވައްދާ މުވައްޒަފުންގެ ޕްރޮބޭޝަން ރިވިއު މަހުން މަހަށް ތައްޔާރުކޮށް ކޮންމެ މަހެއް ނިމުމުން ހިއުމަން ރިސޯސް ޔުނިޓާ ޙިއްޞާ ކުރުން.
  20. ސެކްޝަނުގެ އިސްވެރިޔާގެ ޙައިސިއްޔަތުން ބައިވެރިވާންޖެހޭ ކޮމިޓީތަކާއި ބައްދަލުވުންތަކުގައި ޤަވާއިދުން ބައިވެރިވެ، ކުރުމަށް ކަނޑައަޅާ ކަންކަން ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި ކުރުން.
  21. ސެކްޝަނުގެ މުވައްޒަފުންގެ އަހަރީ ޗުއްޓީ އަދި "ޕްލޭންޑް" އާއިލީ ޒިންމާގެ ޗުއްޓީ، މުވައްޒަފު ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުން، ލަސްނުކޮށް ވެރިފައިކުރުން.
  22. ސެކްޝަނުގެ މުވައްޒަފުންގެ ސަލާމް އަދި އާއިލީ ޒިންމާއާ ގުޅޭ ރެކޯޑް ދުވަހުން ދުވަހަށް ލޮޖްކުރުން.
  23. ސެކްޝަނުގެ މުވައްޒަފުންގެ އިތުރުގަޑީގެ ރިކުއެސްޓްތައް ޖެހިގެން އަންނަ ރަސްމީ ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިން ވެރިފައިކުރުން.
  24. ސެކްޝަނުގެ މުވައްޒަފުންނަށް ދުވަހުން ދުވަހަށް އިރުޝާދު ދިނުމާއި، މުވައްޒަފަކަށް މަގުދައްކަން ޖެހޭފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ލަސްނުކޮށް މަގުދެއްކުން އަދި އިސްލާޙީ ފިޔަވަޅެއް އަޅަންޖެހޭފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ،ލަސްނުކޮށް އިސްލާހީ ފިޔަވަޅުއެޅުން. މަގުދެއްކުން އަދި އިސްލާހީ ފިޔަވަޅު އަޅައިފި ނަމަ، ދުވަހުން ދުވަހަށް ހިއުމަން ރިސޯސްއަށް އެ ކަން އަންގައި ޑޮކިއުމަންޓް ފައިލްކުރުމަށް ފޮނުވުން.
  25. ޙަވާލުވެފައިވާ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން. އަދި ޚާއްސަ ޙާލަތްތަކާ ގުޅިގެން ކޮމިޝަނުން އަދި ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

ހިއުމަން ރިސޯސް ނުވަތަ މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ އޮޑިޓް ރޮނގުން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން،

ނުވަތަ

ހިއުމަން ރިސޯސް ނުވަތަ މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ އޮޑިޓް  ރޮނގުން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި 2 އަހަރުދުވަހު ހިއުމަން ރިސޯސް ނުވަތަ މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން  ނުވަތަ އޮޑިޓް ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވުން،

ނުވަތަ

މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި 3 އަހަރުދުވަހު މަސައްކަތްކޮށް، ހިއުމަން ރިސޯސް ނުވަތަ މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ އޮޑިޓް ދާއިރާއިން ތަޖުރިބާ ލިބިފައިވުން،

ނުވަތަ

މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި 6 އަހަރުދުވަހު މަސައްކަތްކޮށް، ހިއުމަން ރިސޯސް ނުވަތަ މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ އޮޑިޓް ދާއިރާއިން ތަޖުރިބާ ލިބިފައިވުން،

ނުވަތަ،

CSC4-2 ގްރޭޑްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން އެންމެ ފަހުން މި ގްރޭޑްގައި ވަޒީފާއަދާކުރި 2 އަހަރު %85 ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ހޯދާފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: 

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުޠު ހަމަވުން (30 އިންސައްތަ)
  2. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (5 އިންސައްތަ)
  3. އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ މަސައްކަތާ ގުޅޭ  ތަޖުރިބާ (5 އިންސައްތަ)
  4. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (15 އިންސައްތަ)
  5. އިންޓަރވިއު (ޕްރެޒެންޓޭޝަނާއެކު) (45 އިންސައްތަ)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށް، ސިވިލް ސަރވިސް ކޮމިޝަނުގެ ހިއުމަން ރިސޯސް ސެކްޝަނުގެ އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ 28 ޖަނަވަރީ 2023 އާ 18 ފެބުރުވަރީ 2023 އާ ދެމެދުއެވެ. ޕްރެކްޓިކަލްސް އަދި އިންޓަރވިއު އޮންނާނީ ސިވިލް ސަރވިސް ކޮމިޝަނުގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިއުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުހަލާގެ ނަތީޖާ ޝީޓު އާއްމު ކުރެވޭނެއެވެ. އަދި އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓް)"  އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307357/3307358 ނަންބަރު ފޯނާ ނުވަތަ އެޗް.އާރު. ހޮޓްލައިން 7598991 މޯބައިލަށެއެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މައުލޫމާތު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

18 ޖަނަވަރީ 2023
ހޯދާ