މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2023 ވަނައަހަރު އިޖްތިމާޢީ ސަރަހައްދުތަކާއި ،ޤަބުރުސްތާންތައް އަދި ޑްރައިވަރ ގެ މަޤާމަށް މުވައްޒަފުން ހޯދުން

2023 ވަނައަހަރު ށ.ބިލެތްފަހީ ކައުންސިލްގެ ތިރީގައި ދެންނެވިފައިވާ މަޤާމްތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ . 

މަޤާމު

މަސައްކަތު 

ކްލެސިފިކޭޝަން

ކައުންސިލް އެސިސްޓެންޓް

ކުރަންޖެހޭ މަސައްކަތް

އިޖްތިމާޢީސަރަހައްދުތަކުގެ ގޮތުގައި ބިލެތްފަހީކައުންސިލުން ކަނޑައަޅާ ތަންތަންސާފްކޮށް ބެލެހެއްޓުން

މަޤާމުގެ ގިންތި އާއި މުއްދަތު

ވޭޖް އިންޕްލޯއިމަންޓް  (1 އަހަރު ދުވަހުގެ މުއްދަތަށް)

ޝަރުތު

  1. މަޤާމްގައި މަސައްކަތްކުރުމުގެ ހުނަރު ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު ދިވެހިބަހުން ރަނގަޅައް ލިޔަންކިޔަންއެނގުން . (ލިޔަން ކިޔަން އިނގޭކަން ދެނެގަންނާނީ:
  • ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އިނގޭކަން ކަށަވަރުކޮށްގެން ނުވަތަ ލިޔަން ކިޔަން އިނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެން ނުވަތަ ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަމަށް އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެން).

2- މަޤާމްގައި މަސައްކަތްކުރުމުގެ ހުނަރު ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު މަސައްކަތްކުރެވޭ ފަދަ ޞިއްޚަތެއްގައި ހުރިމީހަކު ކަމުގައިވުން .

3- މަޤާމްގައި މަސައްކަތްކުރުމުގެ ހުނަރު ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުން.

4- މަޤާމްގައި މަސައްކަތްކުރުމުގެ ހުނަރު ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު ގިނަވަގުތު މަސައްކަތުގައި އުލެވޭނެމީހެއްކަމުގައިވުން .

 

މަސައްކަތުގެ އުޖޫރަ

މުސާރަ ( އެއްގަޑިއިރަށް ) : 33.65ރ ( ތިރީސް ތިންރުފިޔާ ފަސްދޮޅަސް ފަސްލާރި )

ސާރވިސް އެލަވަންސް : ދުވާލަކު 6 ގަޑއިރު މަސައްކަތް ކުރާނަމަ

 

ބޭނުންވާ ޢަދަދު

15 ( ފަނަރަ )

ވަޒީފާ އަދާކުރަންޖެހޭ ތަން

މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ

އެހެނިޚެން އެލަވަންސް

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ރަސްމީ ދުވަސްތަކުގައި  ކައުންސިލް އިދާރާއިން ކަނޑައަޅާ ގޮތެއްގެ މަތިން ކައުންސިލް އިދާރާއަށް ހާޞިރުވެ ހާޞިރީގައި ސޮއިކުރުން.
  2. މަގުތަކާއި، އިޖްތިމާޢީ ސަރަޙައްދުތަކާއި، ބަނދަރު ސަރަޙައްދު ހަމަޖައްސާފައިވާ އުސޫލުން ކުނިކަހާ ސާފުކޮށް ބެލެހެއްޓުން
  3. މަގުތަކާއި، އިޖްތިމާޢީ ސަރަޙައްދުތަކާއި، ބަނދަރު ސަރަޙައްދު ކައިރިމަތީގައިވާ ގަސްތައް ވާވިޔަނުދީ ކޮށާ ބެލެހެއްޓުން
  4. އިޖްތިމާއީގޮތުން ކައުންސިލުން އަންގާ ކަންތައްތައް ކުރުން
  5. ކައުންސިލްގެ އިދާރާއިން ރާވާ ހިންގާ ކަންކަމުގައި ބައިވެރިވުން
  6. ކައުންސިލުން ސާފްކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދެއްގައި ޤަވާއިދާއި ޤާނޫނާއި ހިލާފް ކަމެއްހިގަމުންދާނަމަ ލަސްނުކޮށް ކައުންސިލަށް އެކަންއެންގުން .
  7. މަގުތަކުގެ ކައިރިކޮށާ ސާފްކޮށް ބެލެހެއްޓުން
  8. އިޖްތިމާޢީސަރަހައްދުތަކުން ކުނިކަހާފައި ނަގާކުނި ކައުންސިލުން ކަނޑައަޅާ އުސޫލާއި އެއްގޮތަށް ނައްތާލުން .
  9. ވަކިމުނާސަބަތަކާއި ގުޅިގެން ވަގުތުންސާފްކޮށްލަންޖެހޭކަމަށް ކައުންސިލުން އަންގަވާފިހިދެއްގައި އެތަނެއްސާފްކުރުން .
  10. ރަށުގެ ތަރައްޤީއަށް އަށް ކުރެވޭ އެންމެހާމަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުމާއި ، މަސައްކަތަށް ހިއްވަރުދީ އެއްބާރުލުން ދިނުން.
  11. ކައުންސިލުންފާސްކުރާ ނިންމުންތައް ތަންފީޒްކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ   އެފަދަ ނިންމުންތައް ތަންފީޒް ކުރުމުގައި އިދާރީގޮތުން ކުރަންކުރަންޖެހޭ އެންމެހާކަންތައްތައް ސެކްރެޓަރީ ޖެނެރަލް ގެ ނުވަތަ ސްޕަވައިޒަރގެ ލަފަޔާއި އިރުޝާދުގެމަތިން ކުރުން .
  12. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ، ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމައި      ގުޅޭ އެންމެހާކަންކަމުގައި ކައުންސިލަށާއި ، ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޒަވާބުދާރީވުން .

މަޤާމް

ޑްރައިވަރ

ކްލެސިފިކޭޝަން

ކައުންސިލް އެސިސްޓެންޓް

ކުރަންޖެހޭ މަސައްކަތް

މަޤާމްގެ މަސްއޫލިއްޔަތުގެ ގޮތުގައި ކައުންސިލުން ކަނޑައަޅާ އެންމެހާ ކަންތައްތައް.

މަޤާމުގެ ގިންތިއާއި މުއްދަތު

ވޭޖް އިންޕްލޯއިމަންޓް  (1 އަހަރު ދުވަހުގެ މުއްދަތަށް)

ޝަރުތު

  • ލިޔަން ކިޔަން އިނގުން   ނުވަތަ
  • މަޤާމަށްބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލްކޮށްފައިވުން
  • 04 ފުރޮޅުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައޮސަންސް އޮތުން
  • މަޤާމަށް މީހުން ނެގުމުގައި ލައިސަންސް އޮތްފަރާތެއް އެދިފައިވާނަމަ އެފަރާތަކަށް އިސްކަންދެވޭނެއެވެ .

 

މި މަޤާމަށް ޙާއްސަ ތައުލީމީ ރޮނގެއް ކަނޑައެޅިފައެއް ނުވެއެވެ .

މި މަޤާމަށް ޕްރިފަރޑް ޑިސިޕްލިން ކަނޑައެޅިފައެއް ނުވެއެވެ .

މި މަޤާމަށް ކޯ ޑިސިޕްލިން ކަނޑައެޅިފައެއް ނުވެއެވެ .

ގުޅޭވަޒީފާގެ ދާއިރާތައް : ޓްރާންސް ޕޮޓޭޝަން ސާރވިސަސް

ނޯޓް: ޕްރޮބޭޝަންގެ 03 މަސްދުވަސް ތެރޭ ،އެއްގަމު އުޅަނދު ދުއްވުމުގެ C1,C2 ކެޓަގަރީގެ ލައިސަންސް ނެގުމަށް ފުރުސަތު ދެވޭނެއެވެ .

މަސައްކަތުގެ އުޖޫރަ

މުސާރަ:00 .3000ރ (ތިންހާސް ރުފިޔާ)

ސަރވިސް އެލަވެންސް:00 .1500ރ (އެއްހާސް ފަސްސަތޭކަ ރުފިޔާ)

މިނިމަމް ވޭޖް އެލަވެންސް: ފިކްސްޑް އެލަވަންސް ހިމަނައިގެން 7000.00ރ އަށް މަދުވާ އަދަދު މިނިމަމް ވޭޖް އެލަވަންސްގެ ގޮތުގައި ދެވޭނެ .

ބޭނުންވާ އަދަދު

1 ( އެކެއް )

ވަޒީފާ އަދާކުރަންޖެހޭ ތަން

މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ

އެހެނިޚެން އެލަވަންސް

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަސްމީ ދުވަސްތަކުގައި  ހެދުނު  08:00 ގެ  ކުރިން ކައުންސިލްގެ  އިދާރާއަށް  ޙާޟިރުވެ ހާޟިރީގައި ސޮއިކުރުން
  2. ކައުންސިލުން އަންގަވާގޮތެއްގެމަތިން ،ދުއްވަންހަވާލުކުރެވޭ ވެހިކަލްގައި ދަތުރުތައްކުރުން.
  3. އެވަގުތަކު ކުރުމަށް ހަމަޖެހިފައިވާ ދަތުރުތައް ކޮށްނިމުމުން ވެހިކަލް ކައުންސިލުން ޤަބޫލުކުރާފެންވަރަށް ސާފްކުރުމާއި ،މަދުވެގެން މަހަކު 2 ފަހަރު ވެހިކަލަށްފެންޖަހާ ރީތިކޮށް ސާފްކޮށް ބެލެހެއްޓުން.
  4. ވެހިކަލްގައި ދަތުރުކުރާމީހުންގެ ނުވަތަ އެހެންގޮތްގޮތުންވެސް މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން .
  5. ވެހިކަލްގައިކުރެވޭ ދަތުރުތަކުގެ ރެކޯޑް ގަވާއިދުން ބެލެހެއްޓުން .
  6. އެއްގަމު އުޅަންދު ދުއްވުމުގައި ސަމާލްކަންދޭންޖެހޭ އަދި ތަބާވާންޖެހޭ އެންމެހާ ޤަވާއިދުތަކަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން .
  7. ވެހިކަލްގައި ދަތުރުކުރާ ފަރާތްތަކަށް އެހީތެރިވުމާއި ، ދަތުރުކުރާފަރާތަކާއި ރީތިބަހުން މުއާމަލާތްކުރުން .
  8. ވެހިކަލްގައި ދިމާވާ ތަފާތު މައްސަލަތައް ދެނެގަނެ ރިޕޯރޓްކުރަންޖެހޭ ފަރާތްތަކަށް ޤަވާއިދުން ރިޕޯރޓް ކުރުން.
  9. ވެހިކަލްބޭނުންކުރުމުގައި ޤާނޫނާއި ޤަވާއިދާއި ހިލާފް އެއްވެސް އަމަލެއްނުކުރުން .
  10. ވެހިކަލްގެ އަޑީތެޔޮ ބަދަލްކުރުމަށް އޮންނަމުއްދަތުގައި އަޑީތެޔޮ ބަދަލްކުރުމާއި ، ވެހިކަލް އަށް ޤަވާއިދުން ޑީސަލް އެޅުމަށް ސަމާލްކަންދިނުން ، އަދި ތެލުގެ ރެކޯރޑް ބެލެހެއްޓުން .
  11. ޑްރައިވަރުގެ އިހުމާލުން ވެހިކަލްއަށް ވާ ގެއްލުންތަކަށް ޑްރައިވަރ ޒިންމާއުފުލުން . އަދި ގެއްލުމެއްލިބިއްޖެނަމަ ލަސްނުކުރައްވާ ކައުންސިލަށް އެކަންއެންގުން .
  12. ކުނިއުކާލުމަށް ކުރެވޭ ދަތުރުތަކުގައި ގޮނޑުގައި މަސައްކަތްކުރާ މުވައްޒަފުންފަދައިން މަސައްކަތުގައި ބައިވެރިވެ އެހީތެރިވުން .
  13. ވަކިމުނާސަބަތަކާއި ގުޅިގެން ކައުންސިލުންކުރުމަށް އަންގަވާ ދަތުރުތައް ދޭއިރުޝާދުތަކާއިއެއްގޮތަށް ކުރުން.
  14. ކައުންސިލްގެ އިދާރާއިން ރާވާ ހިންގާ ކަންކަމުގައި ބައިވެރިވުން
  15. ރަށުގެ ތަރައްޤީއަށް އަށް ކުރެވޭ އެންމެހާމަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުމާއި ، މަސައްކަތަށް ހިއްވަރުދީ އެއްބާރުލުން ދިނުން.
  16. ލޮނުވެލި ފަދަ ޕިކަޕްގައި ދަބަރުޖެހުމަށް މަގުފަހިވާފަދަ ދަތުރެއްކޮށްފިނަމަ ދަތުރު ނިންމާ ވީހާއަވަހަކަށް ފެންޖަހާ ސާފްކުރުން .
  17. ކައުންސިލުންފާސްކުރާ ނިންމުންތައް ތަންފީޒްކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ   އެފަދަ ނިންމުންތައް ތަންފީޒް ކުރުމުގައި އިދާރީގޮތުން ކުރަންކުރަންޖެހޭ އެންމެހާކަންތައްތައް ސެކްރެޓަރީ ޖެނެރަލް ގެ ނުވަތަ ސްޕަވައިޒަރގެ ލަފަޔާއި އިރުޝާދުގެމަތިން ކުރުން .
  18. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ، ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާއި      ގުޅޭ އެންމެހާކަންކަމުގައި ކައުންސިލަށާއި ، ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޒަވާބުދާރީވުން
  19.  . ކައުންސިލް އިދާރާއިން ކަނޑައަޅާ ސަރަހައްދުތަކަށް ޤަވާއިދުން ކުނި ގެންދިއުމުގައި ޑްރައިވަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރަންޖެހޭ ހާލަތްތަކުގައި އެމަސައްކަތް ފަސްނުޖެހި ކުރުން .ށް ފުރިހަމައަށް އެއްބާރުލުންދީ ޒަވާބުދާރީވުން

 

 

 

މަޤާމް

މަސައްކަތު ( ޤަބުރުސްތާން ބަލަހައްޓާ )

ކްލެސިފިކޭޝަން

ކައުންސިލް އެސިސްޓެންޓް

ކުރަންޖެހޭ މަސައްކަތް

ބިލެތްފަހީ ކައުންސިލް އިދާރާގެ ބެލުމުގެ ދަސުގައިވާ ޤަބުރުސްތާންތައް ބެލެހެއްޓުން

މަޤާމުގެ ގިންތިއާއި މުއްދަތު

ވޭޖް އިންޕްލޯއިމަންޓް  (1 އަހަރު ދުވަހުގެ މުއްދަތަށް)

ޝަރުތު

  1. މަޤާމްގައި މަސައްކަތްކުރުމުގެ ހުނަރު ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު ދިވެހިބަހުން ރަނގަޅައް ލިޔަންކިޔަންއެނގުން . (ލިޔަން ކިޔަން އިނގޭކަން ދެނެގަންނާނީ  )
  • ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އިނގޭކަން ކަށަވަރުކޮށްގެން ނުވަތަ ލިޔަން ކިޔަން އިނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެން ނުވަތަ ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަމަށް އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެން).

2- މަޤާމްގައި މަސައްކަތްކުރުމުގެ ހުނަރު ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު މަސައްކަތްކުރެވޭ ފަދަ ޞިއްޚަތެއްގައި ހުރިމީހަކު ކަމުގައިވުން .

3- މަޤާމްގައި މަސައްކަތްކުރުމުގެ ހުނަރު ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުން.

4- މަޤާމްގައި މަސައްކަތްކުރުމުގެ ހުނަރު ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު ގިނަވަގުތު މަސައްކަތުގައި އުލެވޭނެމީހެއްކަމުގައިވުން .

 

މަސައްކަތުގެ އުޖޫރަ

މުސާރަ: މުސާރަ ( އެއްގަޑިއިރަށް ) : 33.65ރ ( ތިރީސް ތިންރުފިޔާ ފަސްދޮޅަސް ފަސްލާރި )

ސަރވިސް އެލަވެންސް: ދުވާލަކު 6 ގަޑި އިރު މަސައްކަތް ކުރާނަމަ

 

ބޭނުންވާ އަދަދު

2

އެހެނިޚެން އެލަވަންސް

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަސްމީ ދުވަސްތަކުގައި  ހެދުނު  08:00 ގެ  ކުރިން ކައުންސިލްގެ  އިދާރާއަށް  ޙާޟިރުވެ ހާޟިރީގައި ސޮއިކުރުން
    1. ކައުންސިލުން އަންގަވައިފި ހިދެއްގައި އަންގަވާގޮތެއްގެމަތިން ރަށުގެ މަގުތަކާއި، އިޖްތިމާޢީ ސަރަޙައްދުތަކާއި، ބަނދަރު ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން
    2. ރަށުގެ ޤަބުރުސްތާންތަކުގެ ކައިރިމަތީގައިވާ ގަސްތައް ވާވިޔަނުދީ ކޮށާ ބެލެހެއްޓުން
    3. ޤަބުރުސްތާން ތައް ކައުންސިލުން އަންގަވާގޮތެއްގެ މަތިން ސާފްކޮށް ބެލެހެއްޓުން .
    4. އިޖްތިމާއީގޮތުން ކައުންސިލުން އަންގާ ކަންތައްތައް ކުރުން
    5. ކައުންސިލްގެ އިދާރާއިން ރާވާ ހިންގާ ކަންކަމުގައި ބައިވެރިވުން
    6. ކައުންސިލުން ސާފްކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދެއްގައި ޤަވާއިދާއި ޤާނޫނާއި ހިލާފް ކަމެއްހިގަމުންދާނަމަ ލަސްނުކޮށް ކައުންސިލަށް އެކަންއެންގުން .
    7. ޤަބުރުސްތާން ސާފްކޮށްގެން އުފެދޭކުނި ކައުންސިލުން ކަނޑައަޅާ ސަރަހައްދަކަށް ގެންގޮސް ނައްތާލުން .
    8. ޤަބުރުސްތާންގެ ހުރުމަތް ކެނޑޭފަދަ އެއްވެސް ކަމެއް ނުކުރުމާއި އެފަދަ ކަންކަމަށް ހިއްވަރު ލިބޭފަދަ އަމަލްތަކުން ދުރުވުން .
    9. ޤަބުތާންގައި ވަޅުލާމީހުންގެ ކަންކަމުގައި އެހީތެރިކަންފޯރުކޮށްދިނުން .
    10. ޤަބުރުސްތާން ގެ ބޭނުން ޖެހޭ ވަގުތު ތަކުގައި ލައިޓް ދިއްލުމާއި ، ލައިޓްތައް ނިވާލުމާއި ، ލައިޓަކަށް މައްސަލަ އެއް ޖެހިއްޖެނަމަ ކައުންސިލަށް ރިޕޯރޓް ކުރުން.
    11. ވަކިމުނާސަބަތަކާއި ގުޅިގެން ވަގުތުންސާފްކޮށްލަންޖެހޭކަމަށް ކައުންސިލުން އަންގަވާފިހިދެއްގައި އެތަނެއްސާފްކުރުން .
    12. ރަށުގެ ތަރައްޤީއަށް އަށް ކުރެވޭ އެންމެހާމަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުމާއި ، މަސައްކަތަށް ހިއްވަރުދީ އެއްބާރުލުން ދިނުން.
    13. ކައުންސިލުންފާސްކުރާ ނިންމުންތައް ތަންފީޒްކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ   އެފަދަ ނިންމުންތައް ތަންފީޒް ކުރުމުގައި އިދާރީގޮތުން ކުރަންކުރަންޖެހޭ އެންމެހާކަންތައްތައް ސެކްރެޓަރީ ޖެނެރަލް ގެ ނުވަތަ ސްޕަވައިޒަރގެ ލަފަޔާއި އިރުޝާދުގެމަތިން ކުރުން .
    14. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ، ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމައި      ގުޅޭ އެންމެހާކަންކަމުގައި ކައުންސިލަށާއި ، ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޒަވާބުދާރީވުން .

 

ހުށައަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 (ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް       ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1-      މަޤާމްގެ މަސައްކަތާއިގުޅޭ ދާއިރާއަކުން ލިބިފައިވާ ތައުލީމާއި ތަމްރީން

2-      މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާގެލިޔުން

3-      މަސައްކަތުގެ ހުނަރާއި ޤާބިލުކަން/ އިންޓަވިއު

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި  ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  24 ޖަނަވަރީ 2023 ވާ އަންގާރަ  ދުވަހުގެ 12:00 ގެކުރިން މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާއަށެވެ.ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސްއަދި ފެކްސް  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ[email protected] އެވެ. އަދި ފެކްސް ނަމްބަރަކީ (6540047) އެވެ. އަދި އިއުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަނދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ. އީމެއިލް އިން އެޕްލިކޭޝަން ފޮނުވާނަމަ އެޕްލިކޭޝަން އޮފީހަށް ލިބުނުކަން ކަށަވަރުކުރަންވާނެއެވެ .

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 25 ޖަނަވަރީ 20232 އާއި 01 ފެބްރުއަރީ    2023 އާއި ދެމެދު  މިލަދުންމަޑުލު އުތުރުބުރީ  ބިލެތްފަހީ ކައުންސިލްގެ އިދާރާގައެވެ.  ވުމާއެކު،  މި ވަޒީފާއަށްކުރިމަތިލާ ފަރާތްތަކުން،  އެ ތާރީޚްތަކުގައި އިންޓަވިއުއަށް  ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

  

ސޯޓްލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން ޕޮއިންޓް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ .

ވަޒީފާއަށް ކުރިމަތިލީފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާއްމުކުރުން.

އިންޓަވިއު ބާއްވާތާ ރަސްމީބަންދުނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީފަރާތްތަކަށް ޕޮއިންޓްލިބުނުގޮތުގެ ޝީޓް (  ( A2 ފޯމު އާއްމުކޮށްފެންނާނޭހެން މި އިދާރާގެ ނޯޓިސްބޯރޑް ގައި އާއްމުކުރެވޭނެއެވެ . ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުން ޕޮއިންޓް ދީފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ ޝީޓް އާއްމުކުރެވުނުދުވަނުންފެށިގެން ރަސްމީބަންދުނޫން 3 ދުވަހުގެ ތެރޭގައި މި އިދާރާއަށް ހުށައަޅުއްވަންވާނެއެވެ .

އިތުރު މަޢުލޫމާތު ހޯދުމަށް

މި އިޢްލާނާއި ގުޅިގެން މަޢްލޫމާތު ސާފުކުރުމަށް ގުޅާނީ (6540047) މި ނަމްބަރު ފޯނާއެވެ. ފެކްސް ނަމްބަރަކީ (6540047) އެވެ. އީމެއިލް ކުރާނީ            [email protected]  ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.         

 

18 ޖަނަވަރީ 2023
ހޯދާ