މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އުތުރު ފަރާތުގައި ބެހެއްޓިފައިހުރި ރުއްގަހުގެ ބައިތައް ނަގައި ސާފުކުރުން

                        މިރަށު ބަނދަރު މަގާއި، ބަނދަރާއި ގުޅިފައިވާ ގޯޅިތަކުން ކަނޑާލެވި ބަހައްޓާފައިވާ ރުއްގަސްތަކާއި އެތަކެތީގެ ބުޑުތަކާއި، ރަށުގެ އުތުރު ފަރާތުގައި އެކި ފަހަރުމަތިން ކަނޑާލެވިފައިވާ އަދި ބެހެއްޓިފައިވާ ރުއްގަހުގެ ބައިތަކާއި، މިސަރަޙައްދުގައި ކައުންސިލްގެ ހުއްދަނެތި ބަހައްޓާފާއިވާ އަދި ފަނާވާން ދޫކޮށްލެވިފައިވާ ރުއްގަހުގެ ބައިތަކާއި، ދަރުފުނި ތަކާއި، ފަންފުނިތަށް ނަގައި ސާފުކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

ވީމާ ބ.ދޮންފަނު ތަރިވިދާގެއާއި ބ.ދޮންފަނު ޗަމަން ގެއާއި ދެމެދުން އުތުރު ފަރާތުގައި އިސްވެ ދެންނެވުނު ބާވަތުގެ އެއްވެސް އެއްޗެއް، އެއްވެސް އާއްމު ފަރުދަކު ބަހައްޓާފައިވާނަމަ، 28 ޖަނަވަރީ 2023 ވަނަ ދުވަހުގެ ކުރިން ނެންގެވުން އެދެމެވެ. އަދި މި މުއްދަތު ހަމަވާއިރު އިސްވެ ދެންނެވުނު ބާވަތުގެ އެއްވެސް އެއްޗެއް ނުނެގިވާނަމަ، ކައުންސިލްގެ ބެލުމުގެ ދަށުން އެތަކެއްޗެއް ނަގައި ނައްތާލެވޭނެ ކަމުގައި ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޖަނަވަރީ 2023
ހޯދާ