މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ޑިރެކްޓަރ

މިޕޮލިޓެކްނިކަށް މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ.

ރޭންކް: އީ.އެކްސް 1

މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ

މަޤާމުގެ ނަން: ޑިރެކްޓަރ

ބޭނުންވާ އަދަދު:1

ސެކްޝަން: ފައިނޭންސް

ދާއިރާ: ފައިނޭންސް އެންޑް ފެސިލިޓީސް

ގިންތި: ދާއިމީ

ސަރވިސް އެލަވަންސް: -/2000ރުފިޔާ

މުސާރަ:  -/8،835ރުފިޔާ

މަސައްކަތް ކުރަންޖެހޭ އޮފީސް:  މޯލްޑިވްސް ޕޮލިޓެކްނިކް / މާލެ

ވަޒިފާގެ މަސްއޫލިއްޔަތުތައް:

1- އޮފީހަށް ބޭނުންވާ ޕްރޮގްރާމް ބަޖެޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، ފާސްކޮށް ހޯދަންޖެހޭ މުއްދަތަށް ހޯދުން.

2- އޮފީހުގެ މުސާރައާއި ހިސާބު ބެލެހެއްޓުމުގެ ހުރިހާކަމެއް ހިންގައި ބެލެހެއްޓުން.

3- އޮފީހުގެ މަސައްކަތްތަކާ ގުޅިގެން ހޯދަންޖެހޭ ތަކެތި ދުރާލައި ދެނެގަނެ އެތަކެތި ހޯދައި، މަސައްކަތްތަކަށް ދަތިނުވާނޭ ގޮތެއްގެ މަތިން ތަކެތި ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ތަކެތި ފޯރުކޮށްދިނުން.

4- އޮފީހުގެ އިންފޮރމޭޝަން ޓެކްނޯލޮޖީ ޔުނިޓް ހަރުދަނާކޮށް ހިންގައި ބެލެހެއްޓުން.

5- އޮފީހުގެ މަސައްކަތާ ގުޅިގެން އަލަށް ޢިމާރާތްކުރަންޖެހޭ ތަންތަން ޢިމާރާތްކުރުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުމާއި، މަރާމާތު ކުރަންޖެހޭ ތަންތަން މަރާމާތު ކުރުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުން.

6- ސެކްޝަންގެ މުވައްޒަފުންނާ މަސައްކަތް ހަވާލުކޮށް މަސައްކަތް ކުރަންވީގޮތް އޮޅުން ފިލުވައިދިނުމާއި، މަސައްކަތް ކުރާނުކުރާގޮތް ބަލައި، މަސައްކަތުގެ ފެންވަރު ދެނެގަނެ، އަޅަންޖެހޭ އިޞްލާޙީ ފިޔަވަޅުތައް އެޅުން.

  1. އެޑްމިނިސްޓްރޭޝަން /މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު އެޑްމިނިސްޓްރޭޝަން /މެނޭޖްމަންޓުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން /މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން /މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް7ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  5. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ތަޢުލީމާއި ތަޖުރިބާ:

1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން

އިނާޔަތްތައް:

  1. މަޤާމުގައި ކުރަންޖެހޭ މަސައްކަތާ ގުޅޭ ދާއިރާއެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.
  2. ގިނަވަގުތުގައި މަސައްކަތްކުރެވޭ މީހަކަށްވުން

ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަކުރުމަށްފަހު ހުށަހެޅުން.
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ކޮޕީ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެއްވެސް އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  6. ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުން މަސައްކަތުގެ ތަޖުރިބާ ހާމަކޮށްދިނުމަށް ދެއްވާފައިވާ ލިޔުންތަކުގެ ކޮޕީ.

ހުށަހަޅަންޖެހޭ ލިޔުންތައް:

އިންޓަރވިއު ކުރުމާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 08 އިން 18 ޑިސެންބަރު 2014 އަށް މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.

އަދި އިންޓަރވިއު ކުރުމަށާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލް ހުށަހެޅުމަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ކަމުގައި ދެންނެވީމެވެ.

މިމަޤާމުގެ އިންޓަރވިއު އަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު އަދި ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ އަސްލު ކޮޕީ ގެންނެވުން އެދެމެވެ.

އިންޓަރވިއު ކުރުމާއި އަދި ޕްރެޒެންޓޭޝަން ހުށަހެޅުން:

ވީމާ، މިމަޤާމަށް އެދިލައްވާ ފަރާތްތަކުން 11 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މި ޕޮލިޓެކްނިކަށް ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ފޯން ނަންބަރު 3305401، 3305405 އަށް ގުޅުއްވުން އެދެމެވެ.

  • ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ޕޮލިޓެކްނިކުގެ ވެބްސައިޓް www.polytechnic.edu.mv އިން ޑައުންލޯޑު ކުރެއްވޭނެއެވެ.

03 ޞަފަރު 1436

25 ނޮވެންބަރު 2014
ހޯދާ