މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ރެހެންދި އެވޯޑު 2023 އަށް ނަން ހުށަހަޅާ ފޯމުތަކަށް ބަދަލު ގެނައުމާ ގުޅޭ

އިޢުލާން

 

ރެހެންދި އެވޯޑު 2023 އަށް ނަން ހުށަހަޅާ ފޯމުތަކަށް ބަދަލު ގެނައުމާ ގުޅޭ

 

      މި މިނިސްޓްރީގެ ނަންބަރު: (IUL)459-GR/459/2023/3  15 ޖަނަވަރީ 2023ގެ އިޢުލާނާ އެކު އެއްކަރުދާސްކޮށްފައިވާ ރެހެންދި އެވޯޑު 2023 އަށް ނަން ހުށަހަޅާ ފޯމުތަކަށް ބައެއް އިސްލާޙު ގެނައުމަށްފަހު، އަލުން އެފޯމުތައް މި އިޢުލާނާ އެކު އެއްކަރުދާސްކޮށް އެކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

 

      އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުސަތު އަދި އިދާރާތަކާއި މުއައްސަސާތަކުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނާއި ޖަމުޢިއްޔާ ޖަމާޢަތްތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މިއެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުމުގެ ތަފުސީލު ރެހެންދި އެވޯޑަށް ނަން ހުށަހަޅާ ފޯމުގައި ހިމަނާފައިވާނެއެވެ.

      މިއެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް އެކުލެވޭ އުސޫލާއި އެޕްލިކޭޝަން ފޯމު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ވެބްސައިޓު www.gender.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ. އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިންނާއި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރތަކުންވެސް ލިބެން ހުންނާނެއެވެ. އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 13 ފެބުރުއަރީ 2023 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށް، މިނިސްޓްރީގެ އީމެއިލް [email protected] އިންނާއި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 9:00އިން މެންދުރުފަހު 2:00އަށް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (މ. ސީޓްރެކްސް ބިލްޑިންގ 7 ވަނަ ފަންގިފިލާ، ގުރާބުތުނޑި ހިނގުން)ގެ ކައުންޓަރުންނެވެ.

 

  17 ޖަނަވަރީ 2023

17 ޖަނަވަރީ 2023
ހޯދާ