ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކޯއޮޕަރޭޓިވް އެޑިއުކޭޝަން (ބިނާވެހި) ޕްރޮގްރާމަށް ފުރުޞަތު ހުޅުވައިލުން

ކޯއޮޕަރޭޓިވް އެޑިއުކޭޝަން(ބިނާވެހި) ޕްރޮގްރާމަށް ފުރުޞަތު ހުޅުވައިލުން

ކޯއޮޕަރޭޓިވް އެޑިއުކޭޝަން (ބިނާވެހި) ޕްރޮގްރާމްގެ ދަށުން މި ކޯޕަރޭޝަންގެ ތިރީގައިމިވާ ދާއިރާތަކަށް ބައިވެރިން ބޭނުންވެއްޖެއެވެ.

ދާއިރާ:

ސަޕޯޓް ސްޓާފް

ބޭނުންވާ އަދަދު:

01 (އެކެއް)

ގިންތި:

ކޮންޓްރެކްޓް (06 މަސް)

އެލަވަންސް:

މަހަކު -/4000 ރުފިޔާ

މަސައްކަތް ކުރަން ޖެހޭތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ މާލެ ސައިޓްގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- ޘާނަވީ ނުވަތަ މަތީ ޘާނަވީ އިމްތިޙާން ނިންމާފައި ވުން.

- 2023 ޖެނުއަރީ 31 އަށް 21 އަހަރު ފުރިފައި ނުވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- މަޝްރޫޢުގެ އަމަލީ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ބަރު މަސައްކަތްތައް ކުރުން.

-  މަސައްކަތް ކުރުމުގައި އެ މަސައްކަތް ކުރާ ރަށް ނުވަތަ ހިސާބުގަނޑުގެ އެންމެހާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުން.

- މަސައްކަތުގެ މާހައުލުގައި ބޭނުންކުރާ އެންމެހާ އާލާތްތަށް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން.

- މަޝްރޫޢުތަކަށް ބޭނުންވާ ތަކެތި ސައިޓްތަކަށް ގެންދިޔުމުގައި އެތަކެތި އުފުލައި ބާލައި ހެދުން.

- މަސައްކަތް ހިނގަމުންދާ ސަރަހައްދު ސާފުކުރުން.

- ފަންނީ މުވައްޒިފުންގެ އިރުޝާދާއި އެއްގޮތަށް މަސައްކަތްކުރުން.

- ތަފާތު މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.

- އެހެނިހެން މުވައްޒިފުންނާއި ގުޅިގެން މަސައްކަތްކުރުން.

- މަސައްކަތްކުރާ ސަރަހައްދުގައި ދުއްވާ އުޅަނދުފަހަރު މަސައްކަތަށް އުދަނގޫ ނުވާނެހެން ބެލެހެއްޓުން.

- ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ތަބާވުން.

- މަސައްކަތުގެ މާހައުލުގައި އުފެދޭ ކުނި ގަވާއިދުން އުކާލުން ނުވަތަ އޮންނަ އުސޫލުތަކުގެ ތެރެއިން ނައްތާލުން

- މަޝްރޫޢުއާއި ގުޅުންހުރި އެންމެހާ ކަންކަމުގައި ކޯޕަރޭޝަންގެ މުވައްޒިފުންނާއި ވެރިންގެ އިރުޝާދާއި އެއްގޮތަށް މަސައްކަތްކުރުން.

-  މީގެ އިތުރުންވެސް ވަޒީފާއާއި ގުޅިގެން ސުޕަވައިޒަރު އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.

ދާއިރާ:

އެސިސްޓެންޓް ރޯޑް ކޮންސްޓްރަކްޝަންއޮފިސަރ

ބޭނުންވާ އަދަދު:

-  01 (އެކެއް)

ގިންތި:

-  ކޮންޓްރެކްޓް (06 މަސް)

އެލަވަންސް:

-  މަހަކު -/4000 ރުފިޔާ

މަސައްކަތް ކުރަން ޖެހޭތަން:

-  ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- ޘާނަވީ ނުވަތަ މަތީ ޘާނަވީ އިމްތިޙާން ނިންމާފައި ވުން.

- 2023 ޖެނުއަރީ 31 އަށް 21 އަހަރު ފުރިފައި ނުވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ޕްރޮޖެކްޓް ހިނގަމުންދާއިރު އަމަލީ ގޮތުން ހަވާލުކުރެވޭ މަސައްކަތް ކުރިއަށްދާގޮތް ބަލައި، މަސައްކަތުގެ ތާވަލާއި އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދިޔުން.

-  މަސައްކަތް ހިނގަމުންދާއިރު ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ އަންގަންޖެހޭ ފަރާތްތަކަށް އެންގުން.

-  ސުޕަވައިޒަރ އަންގާ މަސައްކަތް ނިންމުމައްޓަކައި ބޭނުންވާ އެންމެހާ ސާމާނުތައް ސައިޓަށް ލިބިފައިވާކަން ކަށަވަރުކުރުން.

- މުވައްޒަފުންނައް މަސައްކަތް ކުރިޔަށް ގެންދިޔުމުގައި ދިމާވާ މައްސަލަތައް ސުޕަވައިޒަރަށް ހުށައަޅައިގެން ހައްލުކުރުން.

-  ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރިޔަށްދަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށްކަން ކަށަވަރުކުރުން.

- މީގެ އިތުރުންވެސް ވަޒީފާއާއި ގުޅިގެން ސުޕަވައިޒަރު އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.

ދާއިރާ:

  އެސިސްޓެންޓް ޕްރޮޖެކްޓް މޮނިޓަރިންގ އެންޑް ކޮލިޓީ ކޮންޓްރޯލް އޮފިސަރ

ބޭނުންވާ އަދަދު:

-  01 (އެކެއް)

ގިންތި:

- ކޮންޓްރެކްޓް (06 މަސް)

އެލަވަންސް:

-  މަހަކު -/4000 ރުފިޔާ

މަސައްކަތް ކުރަން ޖެހޭތަން:

-  ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- ޘާނަވީ ނުވަތަ މަތީ ޘާނަވީ އިމްތިޙާން ނިންމާފައި ވުން.

-  2023 ޖެނުއަރީ 31 އަށް 21 އަހަރު ފުރިފައި ނުވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

-  ޑިޕާރޓްމަންޓްގެ ސްޓޮކުގެ ބާކީ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ޑިޕާރޓްމަންޓްއަށް ބޭނުންވާ ތަކެތި ހޯދާ ތަކެތި ދޫކުރުން.

- ޑިޕާރޓްމަންޓްގެ ފަރާތުން ބަލަހައްޓަންޖެހޭ އެންމެހާއި މަޢުލޫމާތުތަކާއި ރެކޯޑުތަށް ބެލެހެއްޓުމާއި، އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތަށް ތައްޔާރުކޮށް ފޮނުވުން.

-  ޑިޕާރޓްމަންޓަށް ލިބޭ ސިޓީ، ނޯޓް އާއި އެހެނިހެން ލިޔެކިއުންތަކުގެ އަސްލުތަށް ފައިލްކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުން

-  ޑިޕާރޓްމަންޓުން އެކިއެކި ފަރާތްތަކަށް ދައްކަންޖެހޭ ކުލި އަދި ސަބްކްރިޕްޝަން ފީތައް ކަނޑައެޅިފައިވާ ތާރީޙްތަކަށް ދައްކާ ބެލެހެއްޓުން.

- ޑިޕާރޓްމަންޓްގެ އަދި ޑިޕާރޓްމަންޓުން ބަލަހައްޓާ ސައިޓް އޮފީސްތަކުގެ ޔައުމިއްޔާ ބެލެހެއްޓުން

- ޑިޕާރޓްމަންޓްގެ އަސާސީ ޙިދުމަތްތައް ޤާއިމްކޮށް ބެލެހެއްޓުން.

-  ކޯޕަރޭޝަންގެ އަހަރީ ރިޕޯޓް އެކުލަވައިލުމަށް ބޭނުންވާ އެހީތެރިކަން ދިނުން.

- ޑިޕާރޓްމަންޓްގެ ހަރުމުދަލުގެ ރަޖިސްޓަރީ ބެލެހެއްޓުން.

- މީގެ އިތުރުންވެސް ވަޒީފާއާއި ގުޅިގެން ސުޕަވައިޒަރު އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.

ސުންގަޑި:

މިޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 26  ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00  ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ-މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

ކޯއޮޕް ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ކޯއޮޕް ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފޯމު އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ފޯމު ބަލައިގަނެވޭނެ މުއްދަތު އިތުރުކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ކޯ-އޯޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމު.
  2. ކޯ-އޯޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4.  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. 18 އަހަރުން މަތި ނަމަ ދޫކުރިފަހުން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.
  6. ކޯ-އޯޕް ޕްރޮގްރާމްގައި ބައިވެރިވުމަށް 18 އަހަރުން ދަށުގެ ބައިވެރިން ބެލެނިވެރިޔާގެ އިޤުރާރު.

އިންޓަވިއު:

-    އިންޓަވިއުއަށް ކިޔާނީ، ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

-    މި ދާއިރާތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޖަނަވަރީ / ފެބްރުއަރީ މަހުގެ ތާރީޚެއްގައިއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

25 ޖުމާދުލްއާޙިރް 1444

17 ޖަނަވަރީ 2022

 

 

 

 

17 ޖަނަވަރީ 2023
ހޯދާ