ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކޯއޮޕަރޭޓިވް އެޑިއުކޭޝަން (ބިނާވެހި) ޕްރޮގްރާމަށް ފުރުޞަތު ހުޅުވައިލުން

ކޯއޮޕަރޭޓިވް އެޑިއުކޭޝަން(ބިނާވެހި) ޕްރޮގްރާމަށް ފުރުޞަތު ހުޅުވައިލުން

ކޯއޮޕަރޭޓިވް އެޑިއުކޭޝަން (ބިނާވެހި) ޕްރޮގްރާމްގެ ދަށުން މި ކޯޕަރޭޝަންގެ ތިރީގައިމިވާ ދާއިރާތަކަށް ބައިވެރިން ބޭނުންވެއްޖެއެވެ.

ދާއިރާ:

 އެސިސްޓެންޓް ސެކިއުރިޓީ އޮފިސަރ

ބޭނުންވާ އަދަދު:

01 (އެކެއް)

ގިންތި:

ކޮންޓްރެކްޓް (06 މަސް)

އެލަވަންސް:

މަހަކު -/4000 ރުފިޔާ

މަސައްކަތް ކުރަން ޖެހޭތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- ޘާނަވީ ނުވަތަ މަތީ ޘާނަވީ އިމްތިޙާން ނިންމާފައި ވުން.

- 2023 ޖެނުއަރީ 31 އަށް 21 އަހަރު ފުރިފައި ނުވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

-  މަސައްކަތްކުރާ ސައިޓް ތަކާއި އޮފީސް އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުން.

-  މަސައްކަތްކުރާ ސައިޓް ތަކާއި އޮފީސް އިމާރާތަށް ވަދެ ނުކުމެހަދާ މުވައްޒަފުންނާއި އުޅަނދު ފަހަރުގެ ހަރަކާތްތަށް މޮނިޓަރކޮށް ބެލެހެއްޓުން.

-  ސައިޓަށް ނުވަތަ ސައިޓްގައި މަސައްކަތް ކުރާ މުވައްޒަފަކަށް ގެއްލުމެއް ލިބިދާނެކަމެއް ފާހަގަވާނަމަ އެކަމެއް އެންގުން.

-  ކޯޕަރޭޝަންގެ މުވައްޒަފުންނާއި ވަސީލަތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ޤަވައިދުތަކާއި އެއްގޮތްވާގޮތުގެމަތިން އަމަލުކުރުން.

-  ސައިޓްގެ އިމާރާތްތަކާއި އެހެނިހެން ވަސީލަތްތަކަށް ގެއްލުމެއް ލިބިފައިވާނަމަ ނުވަތަ ލަފާ ކުރެވޭނަމަ އެކަމެއް ރިޕޯޓްކުރުން؛

-  މަސައްކަތުގެ ދާއިރާގައި ހަވާލު ކުރެވޭ އެހެނިހެން ކަންކަން ބެލެހެއްޓުން.

-  މަސައްކަތުގެ މާޙައުލުގައި ދިމާވާ މައްސަލަތައް މެނޭޖަރަށް ރިޕޯޓްކޮށް އެކަމެއްގެ ޙައްލުހޯދުމަށް މަސައްކަތްކުރުން.

-   މީގެ އިތުރުންވެސް ވަޒީފާއާއި ގުޅިގެން ސުޕަވައިޒަރު އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.

ދާއިރާ:

 އެސިސްޓެންޓް އިންވެންޓްރީ މެނޭޖްމަންޓް އޮފިސަރ

ބޭނުންވާ އަދަދު:

-  01 (އެކެއް)

ގިންތި:

-  ކޮންޓްރެކްޓް (06 މަސް)

އެލަވަންސް:

-  މަހަކު -/4000 ރުފިޔާ

މަސައްކަތް ކުރަން ޖެހޭތަން:

- ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- ޘާނަވީ ނުވަތަ މަތީ ޘާނަވީ އިމްތިޙާން ނިންމާފައި ވުން.

- 2023 ޖެނުއަރީ 31 އަށް 21 އަހަރު ފުރިފައި ނުވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

-  ސްޓޭޝަނަރީ ސްޓޮކަށް ތަކެތި ހޯދުމާއި، ދޫކުރުމާއި، ވަގުތުން ވަގުތަށް ބާކީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

-  ފިނިޝްޑް ގުޑްސް ސްޓޮކަށް (މާލެ އަދި ތިލަފުށި) ތަކެތި ބަލައިގަތުމާއި، ދޫކުރުމާއި، ވަގުތުން ވަގުތަށް ބާކީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

-  ސެންޓްރަލް ސްޓޯރ އަށް ތަކެތި ހޯދުމާއި، ދޫކުރުމާއި، ވަގުތުން ވަގުތަށް ބާކީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

-  ތިލަފުށީ ސްޓޯރ އަށް ތަކެތި ހޯދުމާއި، ދޫކުރުމާއި، ވަގުތުން ވަގުތަށް ބާކީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

-  ޓޫލްސް އަދި މެޝިނަރީސް ސްޓޯރ އަށް ތަކެތި ހޯދުމާއި، ދޫކުރުމާއި މަރާމާތުކޮށް ބެލެހެއްޓުމާއި، އެތަކެތި ދޫކުރެވޭ ގޮތުގެ މަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން.

- ސްޕެއަރ ސްޓޯރ އަށް ތަކެތި ހޯދުމާއި، ދޫކުރުމާއި، ވަގުތުން ވަގުތަށް ބާކީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

-  ސްޓޯރުތަކުގައި މުދާ ތަރުތީބުކުރުމާއި ސްޓޯރުތަކުގެ ސާފުތާހިރުކަން ކަށަވަރުކުރުން.

- ސްޓޯރުތަކުގައި މަސައްކަތްކުރުމަށް ހެދިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް މަސައްކަތްކުރުން.

- ސްޓޮކްބާކީ ރިޕޯޓްތައް ކަނޑައެޅިފައިވާ ތާރީޚްތަކަށް ތައްޔާރު ކުރުން.

- ސްޓޮކްތަކުގެފިޒިކަލް ކައުންޓެއް ކަނޑައެޅިފައިވާ ތާރީޚްތަކުގައި ހަދާ ރިޕޯޓް ތައްޔާރުކުރުން.

- ސްޓޮކާއި ގުޅޭ އެންމެހާ ލިޔެކިއުންތައް ރައްކާތެރިކަމާއިއެކު ފައިލްކޮށް ބެލެހެއްޓުން.

-  މީގެ އިތުރުންވެސް ވަޒީފާއާއި ގުޅިގެން ސުޕަވައިޒަރު އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.

ދާއިރާ:

އެސިސްޓެންޓް ސެކްރެޓޭރިއެޓް އޮފިސަރ

ބޭނުންވާ އަދަދު:

-  01 (އެކެއް)

ގިންތި:

-  ކޮންޓްރެކްޓް (06 މަސް)

އެލަވަންސް

-  މަހަކު -/4000 ރުފިޔާ

މަސައްކަތް ކުރަން ޖެހޭތަން:

-  ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- ޘާނަވީ ނުވަތަ މަތީ ޘާނަވީ އިމްތިޙާން ނިންމާފައި ވުން.

- 2023 ޖެނުއަރީ 31 އަށް 21 އަހަރު ފުރިފައި ނުވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

-  ފްރަންޓް އޮފީހަށް އަންނަ ފަރާތްތަކުން ބޭނުންވާ މަޢުލޫމާތާއި ކަންކަން ފުރިހަމަކޮށްދީ، އެކަމަށް މަގުފަހިކޮށްދީ އެހީތެރިވެދިނުން.

- ފްރަންޓް އޮފީހަށް އަންނަ ފޯންކޯލްތަކަށް ބޭނުންވާ މަޢުލޫމާތާއި ކަންކަން ފުރިހަމަކޮށްދީ، އެކަމަށް މަގުފަހިކޮށްދީ އެހީތެރިވެދިނުން.

- އިންފޯ މެއިލްއަށް އަންނަ މެއިލް އަދި އެހިނެހިން ލިޔެކިއުންތައް ކަމާއިގުޅުންހުރި ފަރާތްތަކަށް ފޯރުކޮށްދިނުން.

-  އޮފީހަށް އަންނަ ލިޔެކިއުންތަކުގެ އަސްލު ސްކޭން ކުރުމަށްފަހު ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.

- އޮފީސް އެސިސްޓެންޓުންގެ މަސައްކަތްތައް ރާވާ ބެލެހެއްޓުން.

-  އެކިއެކި މުއައްސަސާތަކަށާއި އަމިއްލަފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ އަދި އެހެނިހެން ލިޔެކުއުންތައް އެފަރާތްތަކަށް ފޮނުވުން.

-  މީޓިންގ ރޫމްތައް، ސެމިނަރ ރޫމްތައް އަދި ކްލާސްރޫމްތައް ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ހިންގާ ބެލެހެއްޓުން.

- ހެޑްއޮފީސް ޢިމާރާތް ފޮޅާ ސާފުކުރުމުގެ މަސައްކަތް ރާވާ ބެލެހެއްޓުން.

- މީގެ އިތުރުންވެސް ވަޒީފާއާއި ގުޅިގެން ސުޕަވައިޒަރު އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.

ސުންގަޑި:

މިޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 26  ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ-މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

ކޯއޮޕް ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ކޯއޮޕް ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފޯމު އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ފޯމު ބަލައިގަނެވޭނެ މުއްދަތު އިތުރުކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ކޯ-އޯޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމު.
  2. ކޯ-އޯޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4.  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. 18 އަހަރުން މަތި ނަމަ ދޫކުރިފަހުން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.
  6. ކޯ-އޯޕް ޕްރޮގްރާމްގައި ބައިވެރިވުމަށް 18 އަހަރުން ދަށުގެ ބައިވެރިން ބެލެނިވެރިޔާގެ އިޤުރާރު.

އިންޓަވިއު:

-    އިންޓަވިއުއަށް ކިޔާނީ، ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

-    މި ދާއިރާތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޖަނަވަރީ / ފެބްރުއަރީ މަހުގެ ތާރީޚެއްގައިއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                           25 ޖުމާދުލްއާޙިރް 1444

                            17 ޖަނަވަރީ 2022

 

 

 

 

17 ޖަނަވަރީ 2023
ހޯދާ